ކޮރޯނާ އަށް ފަރުވާދޭ ޑޮކްޓަރުން ތިބެން ވާނީ ތުނބުޅި ބާލާފައި
މިހާރު ދުނިޔޭގެ އެކިކަންކޮޅުތަކުގައި ހަލުވިކަމާއިއެކު ފެތުރެމުން އަންނަ ކޮވިޑް 19 ނުވަތަ ކޮރޯނާ ވައިރަސް ބައްޔަށް ޕޮޒިޓިވް ވެފައިވާ މީހުންނަށް، ފަރުވާ ދޭއިރު ޑޮކްޓަރުން ތުނބުޅި ބާލައިގެން ތިބުމަށް އިރުޝާދު ދީފިއެވެ.
ޑރ.މުޙައްމަދު ޢަލީ މިއަދު ކުރެއްވި ޓުވީޓެއްގައި ބުނެފައި ވަނީ ކޮވިޑް-19 ގެ ބަލި މީހުންނަށް ފަރުވާދޭއިރު ތުބުޅި ބާލައި ސާފުކޮށް ބަހައްޓަން ޖެހޭކަމަށެވެ. އަދި ''ނެޝަނަލް ގައިޑްލައިން އޮފް ޓްރީޓްމެންޓް'' ނުވަތަ ފަރުވާކުރުމުގައި އަމަލުކުރަންޖެހޭ އުސޫލުތަކުގައި ވެސް އެކަން ހިމަނާފައި ވާކަމަށް ޑރ.މުޙައްމަދު އަލީ ވިދާޅުވެފައި ވެއެވެ.
ޑރ.މުޙައްމަދު އަލީ ވަނީ ''ބިހެއް''ގޮތަށް އޭނާގެ މޫނު ފެނިއްޖެނަމަ ސިހުން ނައިސް ތިބުމަށް ބުނެ ސަމާސާ ކޮށްލައްވާފައެވެ. އަދި އެކަމަކީ ސިއްޙީ ފަރުވާދިނުމުގެ އުސޫލަކަށްވާތީ އެކަމަށް އެކަނި ކުރާ ކަމެއް ކަމަށް ޑރ.ވިދާޅުވެފައިވެއެވެ.
ކޮރޯނާ ވައިރަސްގެ ދެ ކޭސް މިހާރު ރާއްޖެއިން ވެސް ފެނިފައި ވާއިރު، ޑޮކްޓަރުން އިލްތިމާސް ކުރަނީ ސިއްހީ ތަޖްރިބާކާރުންނަށް އިތުބާރުކޮށް އެންމެ އެއްބައިވަންތަ ކަންމަތީ ހަމަޖެހިގެން ތިބުމަށެވެ. އޭޑީކޭގެ ޑޮކްޓަރު، ޑރ. އަބްދުﷲ ނިޔާފް ވެސް ވަނީ އެކަކު އަނެކަކަށް އަޅާލައި ބަލިން ރައްކާތެރިވުމަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރުމަށް ގޮވާލައްވާފައެވެ.