އިންޑިއާ-އެމެރިކާ ގުޅުން ވަރުގަދަ ކުރަނީ
އެމެރިކާގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ޖޭކް ސުލިވަން އާއި އިންޑިއާގެ ޚާރިޖީ ވަޒީރު ވަނީ މި ހަފުތާގައި ސުލިވާން ނިއު ދިއްލީއަށް ކުރެއްވި ދަތުރުފުޅުގައި ދެ ގައުމުގެ ސްޓްރެޓެޖިކް ޓެކްނޮލޮޖީ އާއި ޑިފެންސް ޕާޓްނާޝިޕް ކުރިއަށް ގެންދިއުމަށް އެޅިދާނެ ފިޔަވަޅުތަކާ ބެހޭ ގޮތުން މަޝްވަރާ ކުރައްވައިފަ އެވެ.
މީގެ އިތުރުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވޮޝިންޓަނަށް ކުރައްވާ ދަތުރުފުޅަށް ވާންޖެހޭ ތައްޔާރީތަކާ ބެހޭ ގޮތުން ވެސް ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށާއި، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރާނެ މަގުޗާޓެއް އިފްތިތާހު ކުރެއްވި ކަމަށް ވައިޓް ހައުސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
އެ ބަޔާނުގައި ފާހަގަކޮށްފައި ވަނީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ބީބީސީގެ ދިއްލީ އާއި މުމްބާއީގައި ހުންނަ އޮފީސްތައް ބްރޯޑްކާސްޓަރުން މޯދީއާ ގުޅޭ ޑޮކިއުމެންޓްރީއެއް ސަރުކާރުން ސެންސަރު ކުރުމާ ގުޅިގެން ޓެކްސް އިދާރާތަކުން އެ ތަންތަން ބަލައި ފާސްކުރި ކަމަށެވެ.
ސީޕީޖޭއިން ބުނީ ފާއިތުވި އަހަރުތަކުގައި ބޭރުގެ ނޫސްވެރިން ވަނީ ވިސާގެ ނުތަނަވަސްކަން އިތުރުވެ، އިންޑިއާ އިން ވެރިކަން ކުރާ ޖައްމޫ އެންޑް ކަޝްމީރު ގެ އިތުރުން ބައެއް ސަރަހައްދުތަކަށް ވަނުން މަނާކޮށް، ކްރިޓިކަލް ރިޕޯޓިންގެ ބަދަލު ހިފުމުގެ ގޮތުން ޑީޕޯޓްކޮށްލާނެ ކަމުގެ އިންޒާރު ދީފައިވާ ކަމަށް ބުނެފަ އެވެ.
ސީޕީޖޭއިން ވަނީ ކަޝްމީރުގައި މީޑިއާތަކުން ހިންގަމުން އަންނަ ހަރުކަށި ފިޔަވަޅުތަކުގެ ތެރޭގައި ޕްރިވެންޓިވް ޑިޓެންޝަން ބޭނުންކުރުމާއި ޓެރަރިޒަމާއި ޖިނާއީ މައްސަލަތަކާއި ދަތުރުފަތުރު ކުރުން މަނާކުރުމާއި ރެއިޑްކުރުން ފަދަ ކަންކަން ފާހަގަކޮށްފައެވެ.
ސީޕީޖޭއިން ބުނީ 1992 ވަނަ އަހަރުން ފެށިގެން އިންޑިއާގައި 62 ނޫސްވެރިން މަރާލާފައިވާ ކަމަށާއި ސީޕީޖޭގެ 2022 ވަނަ އަހަރުގެ ޑިސްޕެންސިބިލިޓީ އިންޑެކްސްގައި އިންޑިއާ އޮތީ 11 ވަނައިގައި ކަމަށާއި މިދިޔަ އަހަރުގެ އޮގަސްޓް މަހާ ހަމައަށް މަދުވެގެން 20 ނޫސްވެރިން މަރާލި މައްސަލަ ނުނިމި ހުރި ކަމަށެވެ.