ދުނިޔެ

ޝެލް ކުންފުނިން ޕާކިސްތާންގެ މާކެޓް ދޫކޮށްލަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ދުނިޔޭގެ ހަކަތައިގެ މައި ކުންފުނި ޝެލް ޕެޓްރޯލިއަމްގެ ހިއްސާ ވިއްކާލަން ނިންމައި ޕާކިސްތާނުގެ ބާޒާރުން ވަކިވާން ނިންމައިފި ކަމަށް ޕާކިސްތާނުގެ އޭއާރުވައި ނިއުސް އިން ބުނެފި އެވެ.

Ads by Sosun Fihaara

ޝެލް ޕެޓްރޯލިއަމް ކޮމްޕެނީ ލިމިޓެޑް (އެސްޕީކޯ) އިން ޝެލް ޕާކިސްތާން ލިމިޓެޑް (އެސްޕީއެލް) ގެ ހިއްސާ ވިއްކާލަން ނިންމާފައިވާކަން އިއުލާންކުރީ އެސްޕީއެލްގެ ޑިރެކްޓަރުންގެ ބޯޑާއެކު ބޭއްވި ބައްދަލުވުމުގަ އެވެ. ޝެލް ޕާކިސްތާން ލިމިޓެޑް (އެސްޕީއެލް) އަކީ އިނގިރޭސިވިލާތުގެ ޝެލް ޕެޓްރޯލިއަމް ކޮމްޕެނީ ލިމިޓެޑްގެ ސަބްސިޑަރީ ކުންފުންޏެކެވެ. އެސްޕީސީއެލް އަކީ ރޯޔަލް ޑަޗް ޝެލް ޕީއެލްސީގެ ސަބްސިޑަރީ ކުންފުންޏެކެވެ.

ޝެލް ޕާކިސްތާނުގެ ތަރުޖަމާނު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ ކޮންމެ ވިއްކުމަކީ ޓާގެޓެޑް ސޭލްސް ޕްރޮސެސްއަކާއި، ބައިންޑިން ޑޮކިއުމެންޓޭޝަންތައް ތަންފީޒުކުރުމާއި، ރެގިއުލޭޓަރީ އެޕްރޫވަލްތައް ލިބުން ކަމަށެވެ. ބައިނަލްއަގުވާމީ ގަންނަ ފަރާތްތަކުގެ ޝައުގުވެރިކަން ޝެލްއަށް ދަނީ ފެންނަމުން،" އޭއާރުވައި ނިއުސްގެ ރިޕޯޓުގައި ވެ އެވެ.

ޝެލް ޕާކިސްތާނުގެ ތަރުޖަމާނު ވިދާޅުވީ ދުނިޔޭގެ ޕެޓްރޯލިއަމް ކުންފުނި އެ ކުންފުނިން ހިއްސާ ވިއްކަން އިއުލާނު ކުރުމުން އެ ކުންފުނީގެ ވިޔަފާރީގެ ހިންގުމަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށެވެ.

ޕާކިސްތާން ސްޓޮކް އެކްސްޗޭންޖް (ޕީއެސްއެކްސް) އަށް ޝެލް ޕާކިސްތާނުން ފޮނުވި ނޯޓިސްގައި ބުނެފައި ވަނީ ޝެލް ޕާކިސްތާން ލިމިޓެޑް (އެސްޕީއެލް) ގެ ބޯޑުގެ ބައްދަލުވުމެއްގައި، ޝެލް ޕެޓްރޯލިއަމް ކޮމްޕެނީ ލިމިޓެޑް (އެސްޕީކޯ) އިން އެސްޕީއެލްގެ ހިއްސާ ވިއްކާލަން އުޅޭކަން އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް އަންގާފައިވާކަން އަންގާ ކަމަށެވެ. - ޕާކިސްތާނުގެ ޖިއޯ ނިއުސް އިން ރިޕޯޓްކޮށްފައިވެ އެވެ.

ޕާކިސްތާނުގައި މިހާރު ކުރިމަތިވެފައިވާ އިގްތިސާދީ ހީނަރުކަމުގެ ސަބަބުން ވަރަށް ބޮޑަށް އަސަރުކޮށްފައިވާ ޝެލް ޕާކިސްތާން ލިމިޓެޑުން ވަނީ 2023 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ މާލީ ނަތީޖާ މިދިޔަ މެއި މަހު އިއުލާނުކޮށްފަ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!