ޚަބަރު

ފޯކައިދޫގައި ހުރި ކުރެއްދޫގެ މުވައްޒަފައެއްގެ ގައިން އަލާމާތްތައް ފެނިގެން ކަރަންޓީނު ކުރަނީ

ދެން އެމްވީ ، ދެން އޮންލައިން

ށ. ފޯކައިދޫގައި ހުރި ކުރެއްދޫ ރިސޯޓްގެ މުވައްޒަފު، ކޮރޯނާ ވައިރަހަށް ޝައްކު ކުރެވޭތީ އޭނާ ކަރަންޓީނު ކުރުމަށް ފަރުކޮޅުފުއްޓަށް ގެންދިޔުމުގެ މަސައްކަތް ފަށައިފި އެވެ.

Ads by MWSC

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ އޭނާ މޮނީޓާކޮށް، އަދި ޓެސްޓު ހެދުމަށް ފަރުކޮޅުފުށީގައި ގާއިމުކޮށްފައިވާ ކަރަންޓީނު މަރުކަޒަށް ގެނައުމަށް މިހާރު މަސައްކަތް ކުރަމުންދާ ކަމަށެވެ.

މި މީހާއަކީ ކުރެއްދޫ އައިލޭންޑް ރިސޯޓުގެ މުވައްޒަފެއް ކަމަށްވެސް އެޗްޕީއޭ އިން ބުނެއެވެ.

ކުރެއްދޫ ރިސޯޓުގެ މުވައްޒަފަކު ވައިރަހަށް ޓެސްޓު ކުރަން ނިންމާފައިވާއިރު، އެ ރިސޯޓުގެ ބިދޭސީ ދެ މުވައްޒަފަކު މިހާރު ވަނީ މި ބައްޔަށް ޕޮޒިޓިވް ވެފައެވެ. މިއީ ރާއްޖެ އިން މި ބައްޔަށް ޕޮޒިޓިވްވި ފުރަތަމަ ދެ މީހުންނެވެ.

ރާއްޖެއިން ދެ މީހެއްގެ ފަރާތުން ކޮރޯނާ ވައިރަސް ފެނިފައިވާތީ ކުރެއްދޫ ރިސޯޓަށް ވަނީ އޮރެންޖް އެލާޓް ނެރެފަ އެވެ. އަދި މުޅި ރާއްޖެއަށް މިހާރު އޮތީ ޔެލޯ އެލާޓުގައެވެ.

އޮރެންޖެ އެލާޓް ނެރެނީ ރާއްޖެއިން ބޭރުން ބަލިޖެހުނު މީހާގެ ފަރާތުން އެހެން މީހުންނަށް ބަލި ފެތުރޭ ހާލަތްތަކުގަ އެވެ. އަދި ޔެލޯ އެލާޓް ނެރެނީ ރާއްޖެއިން ބޭރުން ބަލިޖެހިފައިވާ މީހަކު ރާއްޖެ އަންނަ ހާލަތުގަ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!