ދުނިޔެ

ކޮވިޑް-19: އިޓަލީގައި ކަރަންޓީނަށް އަމަލު ނުކޮށްފިނަމަ ޖަލު ހުކުމެއް

ދެން އެމްވީ ، ދެން އޮންލައިން

ޗައިނާގެ ވުހާން ސިޓީއިން ފުރަތަމަ ފެނުނު ކޮވިޑް19 ނުވަތަ ކޮރޯނާ ވައިރަހުގެ ތިން ވަނަ އަށް އެންމެ ގިނަ ކޭސް ފެނިފައިވަނީ އިޓަލީއިންނެވެ. އިޓަލީއިން މިހާތަނަށް 5883 ކޭސް ފެނިފައިވާއިރު ވައިރަހުގެ ސަބަބުން 233 މީހުން ވަނީ މަރުވެފައެވެ.

Ads by WAMCO

ވައިރަހުގެ ނުރައްކާ އިތުރު ވެފައި ދަނޑިވަޅުގައި އިޓަލީ ސަރުކާރުން ވަނީ ކަރަންޓީން ކުރުމުގެ ގަވައިދުތަކެއް ވެސް ނެރެފައެވެ. އަދި މި ގަވައިދުތަކަށް އަމަލު ނުކުރާ މީހުންނަށް ތިން މަހުގެ ޖަލު ހުކުމެއް ނުވަތަ 206 ޔޫރޯގެ ޖޫރިމަނާ ކުރެވޭނެ ކަންވަނީ ހާމަކޮށްފައެވެ. މި ގަވައިދުގައި ވާ ގޮތުން އޮރެންޖު ޒޯނެއް ނުވަތަ ނުރައްކާ ކަމަށް ކަނޑައަޅައިފައިވާ ޒޯނެއްގައި ހުރި މީހަކަށް އިތުރު ތަނަކަށް ދަތުރެއް ނުކުރެވޭނެއެވެ. ހަމަ އެހެންމެ މި، އާ ގާނޫނުގެ ދަށުން ކައިވެނި ހަފްލާތަކާއި ޖަނާޒާތައް ބޭއްވުން ވެސް ވަނީ މަނާ ކޮށްފައެވެ.

ވައިރަސް ކޮންޓްރޯލް ކުރުމަށް އިޓަލީގައި ގިނަ ފިޔަވަޅުތަކެއް އަޅަމުން އަންނަ އިރު އަދި 16 މިލިއަން މީހުން ކަރަންޓީން ކޮށްފައިވާއިރު 14 ސިޓީއެއްވެސް ވަނީ މީހުން ނުނިކުމެވޭ ގޮތަށް ބަންދު ކޮށްފައެވެ، އަދި މީގެ ތެރެއިން 11 ސިޓީއެއް ވަނީ ރެޑް ނުވަތަ ނުރައްކާ ބޮޑު ޒޯނުތަކުގެ ގޮތުގައި ކަނޑައަޅައިފައެވެ.

ކޮރޯނާ ވައިރަހުގެ އާ ކޭސްތައް ފެނުން ޗައިނާގައި މަދުވެފައިވައިރު ދުނިޔޭގެ އެކި ހިސާބުތަކުން 106744 މީހުން ގައިން ވަނީ ވައިރަސް ފެނިފައެވެ. އަދި މީގެ ތެރެއިން 60659 ވަނީ ބަލިން މުޅިން ރަނގަޅުވެފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!