ޚަބަރު

ރާއްޖެއަށް މަކިޓާ ތައާރަފްކުރިތާ 25 އަހަރު ފުރުން ފާހަގަކުރުމަށް ޕްރޮމޯޝަނެއް

ރައުފާ ރަޝީދު ، ދެން އޮންލައިން

ރާއްޖެއަށް މަކިޓާ ތައާރަފްކުރިތާ 25 އަހަރު ފުރުމާއި މަކިޓާ ޝޯރޫމަށް އެއް އަހަރު ފުރުން ފާހަގަކުރުމަށް މަކިޓާގެ އުފެއްދުންތަކުގެ ޚާއްސަ ޕްރޮމޯޝަނެއް އެސްޓީއޯއިން ފަށައިފިއެވެ.

Ads by Sosun Fihaara

ޖޫން މަހުގެ 21 އިން ޖުލައި 31 ގެ ނިޔަލަށް ކުރިޔަށްގެންދާ މި ޕްރޮމޯޝަން ފައްޓަވައިދެއްވީ އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ސައީދުއެވެ.

މި ޕްރޮމޯޝަންގެ ދަށުން ބައްލަވައިގަންނަވާ މަކިޓާ އުފެއްދުންތަކުން 40 އިންސައްތައާ ހަމައަށް ޑިސްކައުންޓް ލިބިލައްވާނެއެވެ. މަކިޓާ ޝޯރޫމުގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ހަފްލާގައި އެ ޝޯރޫމުންވަނީ ޖޫން 2022 އިން މެއި 2023 އަށް މި ޝޯރޫމުން އެންމެ ގިނައިން ތަކެތި ބައްލަވައިގެންފައިވާ ފަސް ފަރާތެއް ފާހަގަކޮށް އެ ފަރާތްތަކަށް ޚާއްސަ ހަދިޔާއެއް އަރުވާފައެވެ.

މީގެ އިތުން ޖޫން 21 ވަނަ ދުވަހު މަކިޓާ ޝޯރޫމުން ވިޔަފާރިކުރައްވާ ކަސްޓަމަރުންގެ ތެރެއިން ކޮންމެ 25 ވަނަ ކަސްޓަމަރަކަށް ދަނީ ޚާއްސަ ހަދިޔާއެއް ވެސް ދެމުންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!