ޚަބަރު

ކޮވިޑް-19: ކްރޮސްރޯޑްސް ވެސް ވަގުތީ ގޮތުން ބަންދު ކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ރާއްޖެއިންވެސް މިހާރު ފެނިފައިވާ ނުރައްކާތެރި ކޮވިޑް-19 ގެ ސަބަބުން ކްރޮސް ރޯޑަށް ޒިޔާރަތް ކުރާ ފަރާތްތަކަށް އެ ރަށް ވަގުތީ ގޮތުން ބަންދުކޮށްފިއެވެ.

Ads by MWSC

ކްރޮސްރޯޑްސް އިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އެތަނުން އެގޮތަށް ނިންމީ ތަނުގެ މުވައްޒަފުންނާއި ގެސްޓުންގެ ސަލާމަތަށްޓަކައި ކަމަށެވެ. އަދި މިހާރުވެސް އެ ރަށުގައި ކޮވިޑް-19 އަށް ގިނަ ފިޔަވަޅުތަކެއް އަޅަމުން އަންނަ ކަމަށްވެސް ކްރޮސް ރޯޑުން ބުންޏެވެ.

ކްރޮސް ރޯޑުން ބުނީ މާދަމާ އިން ފެށިގެން މި މަހުގެ 12 ވާ ބުރާސްފަތި ދުވަހާ ހަމައަށް، ކްރޮސްރޯޑްސް އަށް ޒިޔާރަތްކުރާ މީހުންނަށް އެތަން ބަންދުކުރަން މެނޭޖްމަންޓުން ނިންމާފައިވާ ކަމަށެވެ. މާޗް 13 ވާ ހުކުރު ދުވަހުން ފެށިގެން، އަނެއްކާވެސް ކްރޮސްރޯޑްސް އަށް ޒިޔާރަތް ކުރެވޭނެ ކަމަށް އެތަނުން ބުނެއެވެ.

އެތަނުން އެކަން ކުރަނީ ސަލާމަތީ ފިޔަވަޅެއްގެ ގޮތުގައިކަން ފާހަގަކޮށް ކްރޮސްރޯޑުން ބުނީ މިހާތަނަށް ކޮވިޑް19ގެ އަލާމާތެއް ހުރި މީހަކު ފެނިފައި ނުވާކަމުގެ ޔަގީންކަން ދޭ ކަމަށެވެ.

މިހާތަނަށް ރާއްޖެއިން މި ބައްޔަށް ދެމީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. ޕޮޒިޓިވް ވެފައިވަނީ ޅ. ކުރެއްދޫ އައިލެންޑް ރިސޯޓުގެ ދެ މުވައްޒަފުންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!