ދުނިޔެ

ޓައިޓޭނިކް ބަލަން ދިޔަ ފަސް މީހުން މަރުވެފައިވާކަމަށް ބުނެފި

އާމިނަތު ސަޒްރާ ، ދެން އޮންލައިން

މިދިޔަ އާދިއްތަ ދުވަހު 5 ޓޫރިސްޓުން ގޮވައިގެން ޓައިޓޭނިކްގެ ބައިތައް ބަލަން އަޑިއަށް ދިޔަ ސަބްމެރިން ހަލާކުވެ އެންމެން މަރުވެފައިވާ ކަމަށް ނިންމައިފިއެވެ.

Ads by Sosun Fihaara

އެ ސަބްމެރިންގެ ބައިތައް ކަނޑުގެ އަޑިން ފެނިފައިވާ ކަން ހާމަކޮށްފައި މި ވަނީ އެ އުޅަނދު ހޯދުމަށް ފަސް ދުވަސް ވަންދެން ކުރަމުން ދިޔަ މަސައްކަތްތަކަށް ފަހުއެވެ. އުޅަނދު ހޯދުމުގައި އިސްކޮށް ހަރަކާތްތެރިވި އެމެރިކާގެ ކޯސްޓްގާޑުން ބުނީ އުޅަނދުގެ ބައިތައް ޓައިޓޭނިކާ މާ ދުރުނޫން ހިސާބަކުންނެވެ.

އެމެރިކާގެ ކޯސްޓް ގާޑާ ހަވާލާދީ ބޭރުގެ ނޫސްތަކުގައި ބުނެފައިވާ ގޮތުގައި، ގެއްލުނު ޓައިޓަން ސަބްމެރިންގެ ފަހަތުގައިވާ ކޯނަކާއި އަދިވެސް އިތުރު ބައިތަކެއް އެޓްލާންޓިކް ކަނޑަށް ފެތިފައި އޮތް ޓައިޓޭނިކާ 1،600 ފޫޓު ދުރުން ކަނޑުއަޑިން ފެނިފައިވެ އެވެ. އަދި ފެނިފައިވާ އެއްޗެހިން އެ އުޅަނދު ގޮވާފައިވާ ކަމަށް ބެލެވެއެވެ.

މި ހާދިސާގައި މަރުވެފައި ވަނީ އިނގިރޭސިވިލާތުގެ ބިލިޔަނަރެއް ކަމުގައިވާ ހޭމިޝް ހާޑިންގާއި، ޕާކިސްތާނުގެ ވިޔަފާރިވެރިއެއް ކަމުގައިވާ ޝާހުޒާދާ ދާވޫދާއި އޭނާގެ ދަރިފުޅު ސުލައިމާން ދާވޫދާއި، ފަރަންސޭސިވިލާތުގެ ދިރާސާކުރާ މީހެއް ކަމުގައިވާ ޕޯލް-އޮންރީ ނާގޮލޯއެވެ. ސަބްމެރިން ދުއްވަން އިން ޕައިލެޓަކީ އޯޝަންގޭޓް ކުންފުނީގެ ބާނީ އަދި ސީ.އީ.އޯ ސްޓޮކްޓަން ރަޝްއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!