ޚަބަރު

އަލީ ޒައިދުގެ އިލްތިމާސް: ރޯގާ ޖެހިފައިވާ މީހުން މި ދުވަސްކޮޅު މިސްކިތަށް ނުގޮސް ގޭގައި ނަމާދު ކުރައްވާ

ދެން އެމްވީ ، ދެން އޮންލައިން

ރޯގާ ޖެހިފައިވާ މީހުން މި ދަނޑިވަޅުގައި މިސްކިތަށް ނުގޮސް ގޭގައި ނަމާދަ ކުރެއްވުމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ އަލީ ޒައިދު ގޮވާލައްވައިފިއެވެ.

Ads by STELCO

ރާއްޖެއިން ދެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާކަން ރޭ ހާމަކޮށްފައިވާއިރު އެ ދެ މީހުންނަކީ ކުރެއްދޫ އައިލޭންޑް ރިސޯޓުގައި މަސައްކަތް ކުރާ ބިދޭސީ ދެ މުވައްޒަފުންނެވެ.

މިކަމާ ގުޅިގެން ކޮވިޑް-19 ގެ އެއްވެސް އަލާމާތެއް ފެންނަ މީހުންނާއި، ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުން މިސްކިތަށް ޖަމާއަތަށް ނޭރުމަށް އިސްލާމިކް މިނިސްޓްރީން މިރޭ ވަނީ އިލްތިމާސްކޮށްފައެވެ.

އަލީ ޒައިދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި ދަނޑިވަޅުގައި ރޯގާ ޖެހިފައިވާ މީހުން މިސްކިތަށް ނުގޮސް ގޭގައި ނަމާދު ކުރުން އޭގެ އެންމެ ފުރިހަމަ ސަވާބު ލިބޭނެ ކަމަށެވެ.

"ރޯގާ ޖެހިފައިވާ މީހަކު މި ދަނޑިވަޅުގައި މިސްކިތަށް ނުދާތި. އަދި އެފަދަ ބޭފުޅަކު ގޭގައި ނަމާދު ކުރައްވާ، އޭރުން އޭގެ އެންމެ ފުރިހަމަ ސަވާބު އެ ބޭފުޅަކަށް ލިބޭނެ، އިންޝާﷲ" ޒައިދު ވިދާޅުވިއެވެ.

އިސްލާމިކް މިނިސްޓްރީން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ ކޮރޯނާވައިރަސް ރާއްޖެއިން ފެނިފައިވުމާއި، އިތުރަށް މި ވައިރަސް ރާއްޖޭގައި ފެތުރުން ހުއްޓުވުމަށްޓަކައި އަޅާ ސަލާމަތީ ފިޔަވަޅެއްގެ ގޮތުން، މިވައިރަސްގެ އަލާމާތްތައް ކަމަށް ބެލެވޭ ހުން އައުމާއި، ރޯގާ ޖެހުމާއި، ކެއްސާ ކިނބިހިއަޅާ މީހުންނާއި، ކަރަންޓީނު ކޮށްފައިވާ ރަށަކަށް އަރާފައިވާ މީހުން، އާއްމުން އެއްވެ އުޅޭ ޖަމާއަތްތަކުގެ ތެރެއަށް ނިކުމެ ނޫޅުމަށާއި، މިސްކިތުގެ ޖަމާއަތަށް ނުދިއުމަށް އިލްތިމާސްކުރާ ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!