ރިޕޯޓް

ޓައިޓަން ސަބްމާސިބަލް: އަސްލު ވީ ކިހިނެއް؟

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން

1912 ވަަނަ އަހަރުގެ އޭޕްރީލް މަހުގެ 14 ނުވަތަ 15 ވަނަ ދުވަހު ނޯތު އެޓްލާންޓިކް އޯޝަންގެ މެދަށް، ޓައިޓޭނިކް އަޑިއަށް ދިޔަ ހާދިސާއަކީ މުޅި ދުނިޔެ ސިއްސުވައިލި ހާދިސާ އެކެވެ. 1،500 މީހުން މަރުވި މި ހާދިސާގެ ވާހަކަތައް ތާރީހުގެ ތެރޭގައި ލިޔެވި ދުނިޔޭގެ އެންމެ ކާމިޔާބު ފިލްމުގެ ލަގަބުވެސް މިހާދިސާއަށް ބިނާކޮށް އުފެއްދި ފިލްމަށް ލިބުނެވެ. އެހެންކަމުން ކަންތައް ވެގެން ދިޔަ ގޮތް އެއްވެސް މީހަކަށް އޮޅިފައެއް ނޯންނާނެ އެވެ.

Ads by Sosun Fihaara

ޓައިޓޭނިކް އަކީ މަހުޖަނުން ދަތުރު ކުރުމަށް ހެދި ބޯޓެކެވެ. އެންމެ މަތީ ފެންވަރުގެ ހިދުމަތްތަކާއިއެކު ބަނެފައިވާ އެ ބޯޓު އަޑިއަށް ދިޔުން ވެގެން ދިޔައީ ބޯޓަށް އިންވެސްޓު ކުރާ، އަދި ޓެކްނޮލޮޖީގެ އަލީގައި މިފަދަ ކަންކަން ކުރާ މީހުންނަށް ބޮޑު މަލާމާތާކަށެވެ. އެމީހުން ދެކުނީ މިގޮތަށެވެ. މިލިއަނަރުންނާ ބިލިއަނަރުންވެސް ދިޔައީ ޓައިޓޭނިކްއަށްވުރެއް މޮޅު ބޯޓެއް އުފައްދަން ވަރަށް މަސައްކަތް ކުރަމުންނެވެ.

އެޓްލާންޓިކް ކަނޑުގެ އެންމެ އަޑީގައި އޮތް ޓައިޓޭނިކް ބަލާލަން ހަމަ ކޮންމެ މީހަކުވެސް ބޭނުންވާނެ އެވެ. އޭގެ ތެރޭގައި އެތައް ޖަވާހިރެއް ފޮރުވިފައިވާނެ އެވެ. ކޮންމެއަކަސް މި މަންޒަރު ބަލައިލަން ބިލިއަނަރުންތަކެއް މިމަހު އަޑިއަށް ގޮސްފި އެވެ. އެމީހުން އަޑިއަށް ދިޔަ ސަބްމާސިބަލްއަށް ނަންވެސް ދިނީ ޓައިޓަންގެ ނަމުންނެވެ. އެހެންނަމަވެސް މި ސަބްމާސިބަލްއަށްވެސް ވީ ޓައިޓޭނިކްއަށް ވީފަދަ ގޮތެކެވެ. މައްޗަކަށް ނޭރި އެވެ.

ޓައިޓޭން ސަބްމެރިން

އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި އެޓްލާންޓިކް ކަނޑުގެ ތެރެއަށް އޯޝަންގޭޓްގެ ޓައިޓަން ސަބްމަރސިބަލް އަށް "އިމްޕްލޯޝަނެއް" (އެތެރޭގެ ގޮވުމެއް) ކުރިމަތިވެ، އެ ބޯޓުގައި ތިބި ފަސް ފަސިންޖަރުން ވެސް ވަގުތުން މަރުވެފައިވާ ކަމަށް ނިންމިދާނެ އެވެ. އެމެރިކާގެ އަސްކަރީ ސިފައިން ބުނާ ގޮތުގައި ކަނޑުގެ ލޮނުގަނޑުން 3،800 މީޓަރު (12،467 ފޫޓު) އުސްމިނުގައި ޓައިޓެނިކް ބޯޓަށް ފައިބައިގެން ހުކުރު ދުވަހު ސަބްގެ ކޮންޓެކްޓް ގެއްލުނުތާ މާގިނައިރުތަކެއް ނުވެ "އިމްޕްލޯޝަންއަކާ އެއްގޮތް" އަޑުތަކެއް އިވުނެވެ. އުޅަނދު ގެއްލުނުކަން އެންމެ ފަހުން ކަށަވަރުވީ ކެނެޑާގެ ނިއުފައުންޑްލޭންޑް ޕްރޮވިންސްގެ ކަނޑުގެ ސަރަހައްދުގައި ކުރިއަށް ގެންދިޔަ ބޮޑު ސާޗް މިޝަނަކަށް ފަހު އެވެ.

 

ގޮވުން ހިނގީ ކީއްވެ؟

ޓައިޓޭންގެ ގޮވާފައިވަނީ ހުކުރު ދުވަހު ކަމަށް ބެލެވެނީ ފެނުގެ ބޮޑު ޕްރެޝަރެއްގެ ސަބަބުންނެވެ. މި ސަބް ހެދީ މިފަދަ ޕްރެޝަރަށް ކެތްކުރެވޭ ގޮތަށްކަމަށް ވިޔަސް ތަޖުރިބާކާރުން މިހާރު މަސައްކަތް ކުރާނީ ސީދާ ގޯސްވީ ކޮން ކަމެއްތޯ ކަނޑައެޅުމަށެވެ. މިކަން ކަށަވަރު ކުރުމަށް އެ ސަބްގެ ބައިތައް ތަޙުލީލުކުރުމަކީ އެހީތެރިވެދޭނެ ކަމެކެވެ. ބެލެވޭ ގޮތުގައި ޓައިޓަންގެ ކޮންޓެކްޓް ގެއްލުނުއިރު އޮތީ ކަނޑުގެ ލޮނުގަނޑުން 3،500 މީޓަރު ދަށުގަ އެވެ. ސްޓްރަކްޗަރ ފަޅައިގެން ގޮސްފިނަމަ، ބޭރުގައި ހުންނަ ޕްރެޝަރު ސަބްގެ ތެރޭގައި ހުންނަ ޕްރެޝަރަށްވުރެ މާ ބޮޑުވެ، އުޅަނދު ކޮމްޕްރެސް ވާނެ އެވެ. ސައިންސްވެރިން ލަފާކުރަނީ އެ ސަބް އެތެރެއަށް ގޮވީ މި ސަބަބާއިހުރެ ކަމަށެވެ.

 

އެތެރެއަށް ގޮވާއިރު ވާނީ ކިހިނެއް؟

ސަބްމެރިންގެ ކޮންޓްރޯލް ވަކި ހިސާބަކުން ގެއްލިފައިވާކަމަށް ބެލެވެ އެވެ. އެހެން ވެއްޖެނަމަ، ގާތްގަނޑަކަށް ގަޑިއަކު 1،500 މައިލްސް (ގަޑިއަކު 2،414 ކިލޯމީޓަރު) ގެ ބާރުމިނުގައި އެތެރެއަށް ދަތުރުކުރާނެ އެވެ. އެއީ ސިކުންތަކަށް 2،200 ފޫޓް (671 މީޓަރު) ކަމަށް އެމެރިކާގެ ކުރީގެ ނިއުކްލިއާ ސަބްމެރިން އޮފިސަރެއް ކަމަށްވާ ޑޭވް ކޯލީ ވިދާޅުވެ އެވެ. މުޅިން ފުނޑުފުނޑުވުމަށް ހޭދަވާ ވަގުތަކީ ގާތްގަނޑަކަށް އެއް މިލިސެކަންޑް ނުވަތަ ސިކުންތެއްގެ ހާސްބައިކުޅަ އެއްބައި އެވެ.

އިންސާނާގެ ސިކުނޑިއަކީ ގާތްގަނޑަކަށް 25 މިލިސެކަންޑްގެ ތެރޭގައި ސްޓިމިއުލަސްއަކަށް ޖަވާބުދާރީވާ އެއްޗެއް ކަމަށް މިސްޓަރ ކޯލީ ވިދާޅުވެ އެވެ. އިންސާނާގެ ބުއްދިވެރި ޖަވާބު - ސެންސިން އިން ފެށިގެން އެކްޓިން އަށް - ބެލެވެނީ އެންމެ ރަނގަޅަށް 150 މިލިސެކަންޑެވެ. އެހެން ކަމުން މިކަން ހިނގުމާއިއެކު އޭގެ ތެރޭގައި ތިބި މީހުން މަރުވާން ސިކުންތެއްވެސް ނަގާނެކަމަކަށް ނުބެލެވެ އެވެ. ސަބްއެއްގެ ތެރޭގައިވާ ވައިގައި ހައިޑްރޯކާބަން، ހޫނު މިންވަރު ފުދޭވަރަކަށް މަތިވާނެ އެވެ.

ވެއްޓިގެން ދިއުމުން ވައި އޮޓޯ އިގްނައިޓްވެ، ގޮވުން ކުރިމަތިވެފައިވާ ކަމަށް ގަބޫލު ކުރެވޭކަމަށް މިސްޓަރ ކޯލީ ވިދާޅުވެ އެވެ. ގޮވުން ހިނގުމާއިއެކު އިންސާނުންގެ ހަށިގަނޑު އަނދާ ހުލިވެ، ވަގުތުން ކުނޑިކޮޅަކަށް ބަދަލުވާނެ އެވެ.

 

ޓައިޓަން ސަބްމާސިބަލް ކަނޑުގެ އެންމެ އަޑިއަށް ތިރިކުރީ ކަނޑުގައި ޓެސްޓު ކުރަންޖެހޭ މިންވަރަށް ޓެސްޓު ކުރުމަށްފަހުއެއް ނޫނެވެ. އަދި އޭގައި ހުރި ޑިވައިސްތަކަކީ މިފަދަ ނުރައްކާތެރި ކަމަކަށް އެންމެ އެކަށީގެންވާ ޑިވައިސް ނޫންކަމަށްވެސް ބުނެވެ އެވެ. އެހެންނަމަވެސް ސައިންސްވެރިން ބުނާ ގޮތުގައި ސަބްމެރިންގެ ކޮންޓްރޯލް ގެއްލުނީ ކޮންމެވެސް އެއް ޑިވައިސްއެއް ފެއިލްވުމުންނެވެ. އަދި މިއީ ހިނގައިފާނެކަމަށް ލަފާނުކޮށްފާނެ ކަމެއްކަމަށްވެސް ބެލެވެ އެވެ.

ޓައިޓަން އަޑިއަށް ގޮވައިގެން ދިޔައިރު އޭގެ ތެރޭގައި ތިބީ ހަތަރު ބިލިއަނަރުންނެވެ. ދެން އިނީ އެތަނުން އެކެއްގެ ދަރިފުޅެވެ. އެކުއްޖާއާއި އޭނާގެ ބައްޕަ އަކީ ޕާކިސްތާނު ބައެކެވެ. ސަބްގެ ބައެއް ބައިތައް ފެނުނު ނަމަވެސް އެއްވެސް މީހެއްގެ ހަށިގަނޑުން ބައެއް ނުފެނެ އެވެ. އެހެންކަމުން ބެލެވެނީ ސައިންސްވެރިން ބުނާ ގޮތަށް އެތެރެއަށް ގޮވުމުގެ ސަބަބުން ހަށިތައް އަނދާ އަޅިއަށް ވީކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!