ޚަބަރު

ރާއްޖެ ފަދަ ފަތުރުވެރިކަމުގެ އެހެން މަންޒިލެއް ނެތް: މިނިސްޓަރު

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ދިވެހިރާއްޖެ ފަދަ އެހެން ފަތުރުވިކަމުގެ މަންޒިލެއް ނެތް ކަމަށް ޓުއަރިޒަމް މިނިސްޓަރު މައުސޫމް ވިދާޅުވެއްޖެއެވެ.

Ads by STELCO

މިނިސްޓަރު މައުސޫމް މިހެން ވިދާޅުވީ، ގްރީސްގެ ރިސޯޓަކުން، ރާއްޖެއަށްވުރެ އަގުހެޔޮކޮށް ޚިދުމަތްތައް ލިބޭ ކަމަށް ބުނެ ބޭރުގެ ނޫހެއްގައި ޖަހާފައިވާ ޚަބަރަކާއި ގުޅިގެންނެވެ.

މިކަމާ ގުޅިގެން މިނިސްޓަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރާއްޖެއަށް އަނބުރާ އަންނަމުންދާ ފަތުރުވެރިންގެ އަދަދު ނިސްބަތުން އިތުރުވަމުން އައުމާއި، އަހަރުން އަހަރަށް ރާއްޖެ އަންނަމުންދާ ފަތުރުވެރިން އަދަދަށް ބަލާއިރު، ރާއްޖެއާއި ރާއްޖެ ފަދަ އިތުރު އެއްވެސް މަންޒިލެއް ނެތް ކަމަށެވެ. އަދި ރާއްޖެއިން ފަތުރުވެރިންނާމެދު ބަހައްޓާ މެހެމާާންދާރީގެ ޚާއްސަކަންވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އަދި ފާއިތުވި 3 އަހަރުވެސް ރާއްޖެ އެންމެ މަޤްބޫލު މަންޒިލުގެ ލަޤަބު ހޯދާފައިވާކަން ފާހަގަ ކުރެއްވިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!