ޚަބަރު

ކޮރޯނާ ވައިރަހުން ރައްކާތެރިވުމަަށް މިލަންދޫ ޞިއްޙީ މަރުކަޒުން ޚާއްޞަ ފިޔަވަޅުތަކެއް

ދެން އެމްވީ ، ދެން އޮންލައިން

ށ.މިލަންދޫ ޞިއްޙީ މަރުކަޒުގައި އެޑްމިޓްކޮށްފައި ތިބި ބަލިމީހުންނަށް ޒިޔާރަތްކުރުން މަނާކޮށް އެރަަަށުގެ ގުރުއާން ކުލާސްތަކާއި ޓިއުޝަން ކުލާަސްތަކުގެ ކިޔެވުން މެެދުކަނޑާލުމަށް ޞިއްޙީ މަރުކަޒުން އިލްތިމާސްކޮށްފިއެވެ.

Ads by MWSC

މިލަންދޫ ޞިއްޙީ މަރުކަޒުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކޮރޯނާ ވައިރަހުގެ އަސަރުކޮަށްފައިހުރި ކަމަށް ޝައްކު ކުރެވޭ ފަރާތެއް އެރަށަށް ގޮސް އުޅުނު ކަމަަށް މައުލޫމާތު ލިބިފައިވާ ކަމަށާއި ކޮރޯނާއިން ރައްކާތެރިވުމަށް އެރަށުގައި އެކުލަވާލާފައިވާ ޓާސްކް އެރަށަށް އަރާ ފައިބާ މީހުން ދެނެގަތުމުގެ މަސައްކަތް ކުރުމަށް ނިންމާފައިވާ ކަމަަށެވެ.

"މިލަންދޫން ލަފާ ފުރާ ފަރާތްތައް ދެނެގަނެ އެފަރާތްތައް ވޭތުވެދިޔަ 14 ދުވަހު ގޮސްފައިވާ ގައުމުތަކާއި އަރާފައިބައިފައިވާ ރަށްތައް ދެނެގަނެވޭނެއެވެ. އަދި މިލަންދުއަށް އަރާ ފައިބާ ފަރާތްތައް 7 ދުވަަސް ވަންދެން ގޭގައި މަޑުކުރުމަށް އިލްތިމާސް ކުރަމެވެ. އަދި މިދުވަސްވަރު ކޮންމެހެން ރަށަށް ބޭރަން ދާން ޖެހިއްޖެ ޙާލަތެއްގައި މެނުވީ ރަށުން ބޭރަށް ފުރައިގެން ނުދިޔުމަށް ވެސް މިލަންދޫގެ އެންމެހައި ރައްޔިތުންނަށް އިލްތިމާސް ކުރަމެވެ. " މިލަންދޫ ޞިއްޙީ މަރުކަޒުން ނެރުނު ބަޔާނުގައި ވެއެވެ.

މީގެ އިތުރުން ބަނދަރާއި ޕާކާއި މިނޫންވެސް މީހުން އެއްވެ އުޅޭ ތަންތަނަށް މިދުވަސްވަރު ނުދިޔުމަށް މިލަންދޫގެ ރައްޔިތުންނަށް އެރަށުގެ ޞިއްހީ މަރުކަޒުން އިލްތިމާސް ކޮށްފައިވެއެވެ.

މިލަންދޫ ޞިއްޙީ މަރުކަޒުގައި ތިބޭ ބަލިމީހުންނަށް ޒިޔާރަތްކުރުން މަނާކޮށްފައިވާއިރު އައިޖީއެމް ހޮސްޕިޓަލުގައި ތިބޭ ބަލިމީހުންނަށް ޒިޔާރަތްކުރުން ވެސް އެހޮސްޕިޓަލުން އިއްޔެވަނީ މަނާކޮށްފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!