Thursday, 29 October 2026
Advertisement
MWSC — SmartMeter (leaderboard)
ދުނިޔެ

ކޮރޯނާ ވައިރަސް ޖެހިފައިވާ މީހަކު ގަސްތުގައި ވައިރަސް ފަތުރަން މަސައްކަތްކޮށްފި

ޖަޕާނުގައި މީހަކަށް ކޮރޯނާ ވައިރަސް ޖެހުނުކަން އެނގުމުން ގަސްތުގައި ވައިރަސް އެހެން މީހުނަށް ފަތުރަން މަސައްކަތް ކޮށްފިއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި އޭނާއަށް ވައިރަސް ޖެހުނުކަން ހާމަވެފައިވަނީ އޭނާގެ މަންމައާއި ބައްޕައަށް ވައިރަސް ޖެހުމުން އެގޭގެ އެންމެން ޓެސްޓު ކުރުމުންނެވެ.
އޭގެ ފަހުގައި އޭނާ ވަނީ ވައިރަސް ފަތުރަންކަމަށް ބުނެ ދެ ރެސްޓޯރަންޓަކަަށް ގޮސްފައެވެ. އަދި ރެސްޓޯރެންޓުން ކައި ނިންމުމަށް ފަހު އެތަނުގައި ތިބި މީހުން ގާތުގައި ވެސް އޭނާގެ ގައިގައިި ކޮރޯނާ ވައިރަސް ހުރި ކަމަށް ވެސް ބުނެފައިވެއެވެ.

ެއެއާއެކު ރެސްޓޯރެންޓުގައި މަސައްކަތް ކުރާ މުވައްޒަފުން ވަނީ ޕޮލިހަށް ގުޅާފައެވެ.

Advertisement
HDC — Sidebar (box)

މި މީހާ ދިޔަ ދެ ރެސްޓޯރެންޓު ވެސް މިހާރުވަނީ ޑިސްއިންފެކްޓުކޮށް ސްޓެރައިލް ކުރެވިފައެވެ. އަދި އެތަނުގައި އެވަގުތު ތިބި މީހުނާއި ސްޓާފުން ވެސް ވަނީ ވައިރަހަށް ޓެސްޓު ކުރެވިފައެވެ.

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަހުގެ 500 އަށް ވުރެ ގިނަ ކޭސް ވަނީ ޖަޕާނުން ރެކޯޑުކުރެވިފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް