ޚަބަރު

ޖޫން މަހު އެކަނިވެސް ވައްކަމުގެ 172 މައްސަލަ

ފަތޯނާ ފާއިޒު ، ދެން އޮންލައިން
ވައްކަމުގެ މައްސަލަ އަކާއި ގުޅިގެން، ފުލުހުން ކުރިން އާއްމު ކުރި ވީޑިއޯއެއްގެ ސްކްރީންޝޮޓެއް

މިދިޔަ ޖޫން މަހު ފުލުހުންނަށް އެންމެ ގިނައިން ހުށަހެޅީ ވައްކަމުގެ މައްސަލަތައް ކަމަށް ތަފާސް ހިސާބުން ދައްކައިފިއެވެ.

Ads by Sosun Fihaara

މޯލްޑިވްސް ޕޮލިސް ސަރވިސްގެ ތަފާސް ހިސާބުން ދައްކާ ގޮތުގައި، މިދިޔަ މަހު އެ ސަރވިސްއަށް 746 މައްސަލައެއް ހުށަހެޅިއެވެ. އޭގެތެރޭގައި ވައްކަމުގެ 172 މައްސަލަ ހިމެނެއެވެ.

މީގެ އިތުރުން ދެން އެންމެ ގިނަ އަދަދަކަށް ރިޕޯޓް ކޮށްފައިވަނީ އެކްސިޑެންޓްގެ މައްސަލަތަކެވެ. އެއީ 140 މައްސަލައެވެ.

މީގެ އިތުރުން ހުށައެޅިފައިވާ މައްސަލަތަކަކީ މުދަލަށް ގެއްލުން ދިނުމުގެ 39 މައްސަލަ، މަކަރާއި ހީލަތް ހެދުން 55 މައްސަލަ، ޖިންސީ ގޯނާގެ 20 މައްސަލަ، އަނިޔާ ކުރުމުގެ 45 މައްސަލަ، ގެވެށި އަނިޔާ 11 މައްސަލަ، ފޭރުމުގެ 21 މައްސަލަ، ފޯޖް ކުރުމުގެ 9 މައްސަލަ، މަސްތުވާތަކެއްޗާ ގުޅޭ 117 މައްސަލަ އާއި އެއްޗެހި ގެއްލުމުގެ 116 މައްސަލައެވެ.

ކޮންމެ މަހަކު ވެސް ފުލުހުން ތަފާސް ހިސާބުތައް ނެރޭއިރު އެންމެ ގިނައީ ވައްކަމުގެ މައްސަލައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!