ދުނިޔެ

ދުނިޔޭގެ އެހެން ގައުމުތަކަށް ވުރެ އިންޑިއާގެ ރިކަވަރީ ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް ބްރިޓިޝް އެއާވޭސްގެ ސީއީއޯ ވިދާޅުވެއްޖެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިނގިރޭސިވިލާތުގެ ގައުމީ އެއާލައިން ބްރިޓިޝް އެއާވޭސް (ބީއޭ) އަކީ ދުނިޔޭގެ އެންމެ ބޮޑު އެއް އެއާލައިނެވެ. ބީއޭގައި 20 އަހަރު މަސައްކަތް ކުރައްވާފައިވާ ޝޯން ޑޮއިލް ސީއީއޯގެ މަގާމާ ހަވާލުވީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ. އަރިންދަމް މަޖުމްދާރަށް ދެއްވި މި އިންޓަވިއުގައި ޑޮއިލް ވަނީ ބަލިމަޑުކަމުން އަރައިގަތުމާއި އިންޑިއާގައި އެ ގައުމުގެ ކުރިއެރުމުގެ ޕްލޭންތަކާ ބެހޭ ގޮތުން ވާހަކަ ދައްކަވާފަ އެވެ. އެޑިޓްކޮށްފައިވާ ބައިތައް:

Ads by WAMCO

ބްރިޓިޝް އެއާވޭސް އިން ބަލިމަޑުކަމުގެ ހާލަތުން އަރައިގަނެ ނިމިއްޖެ ހެއްޔެވެ؟
ޕެންޑެމިކް އަކީ 9/11 އަށް ވުރެ މާ ބޮޑު މައްސަލައެކެވެ. ދެ އަހަރު ވަންދެން މި އިންޑަސްޓްރީ ބަންދުވާނެ ކަމަށް އަންދާޒާ ކުރި މީހަކު ނުހުންނާނެ ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން. އަދި ރިކަވަރީގެ މަސައްކަތް ދަނީ ކުރަމުންނެވެ. ބްރިޓިޝް އެއާވޭސް އިން މި އަހަރު ދަތުރުކުރާނީ ޕެންޑެމިކްގެ ކުރިން އޮތް ކެޕޭސިޓީގެ ގާތްގަނޑަކަށް 92 ޕަސެންޓެވެ.

އަޅުގަނޑުމެންނަށް މި ފެންނަ ރިކަވަރީއާ މެދު ވަރަށް ބޮޑު ހިތްވަރެއް ލިބޭ. ޑިމާންޑް ވަރަށް ބޮޑެވެ. ރިބައުންޑް ވަރަށް ތޫނުވެ، ކޮންމެ އެއާލައިނަކުން ވެސް އެނބުރި އައީ ވީހާވެސް ގިނަ މަތިންދާ ބޯޓު އުދުއްސާލުމަށެވެ.

މައިގަނޑު ގޮތެއްގައި ކެބިންގެ ކުރީ ކޮޅު ފުރޭ ވިޔަފާރީގެ ދަތުރުފަތުރަށް އަންނަ ބަދަލަކީ ކޮބައި ހެއްޔެވެ؟
މިވަގުތު ކޮންމެ ކެބިންއެއް ވެސް ހުރީ ވަރަށް ފުރިފަ އެވެ. ޓްރެފިކްގެ މިކްސް ތަންކޮޅެއް ތަފާތެވެ. ސަބަބަކީ ޗުއްޓީ ހޭދަކުރުމަށާއި އަމިއްލަ ދަތުރުތަކަށް ދަތުރުކުރާ މީހުން ގިނަކަމުންނެވެ. ކޯޕަރޭޓް ޑިމާންޑް އަދިވެސް ޕެންޑެމިކްގެ ކުރިން އޮތް ހިސާބަށް ނާދެ އެވެ.

އަޅުގަނޑުމެންނަށް ވަރަށް އަވަހަށް ކްރިޓިކަލް މާކެޓްތަކަށް އެނބުރި އައުމަކީ ވަރަށް މުހިންމު ކަމެއް. އެހެންވީމާ، އަޅުގަނޑުމެން އަލުން އެމެރިކާގައި ތިބުން ޤާއިމުކޮށް، އާ ދެ ސިޓީއެއް ކަމަށްވާ ސިންސިނާޓީ އާއި ޕޯޓްލޭންޑް ވެސް އިތުރުކުރީ. ހަމައެފަދައިން އިންޑިޔާއަކީ ވެސް އަޅުގަނޑުމެންނަށް އިސްކަންދޭ މާކެޓަކަށްވީ، މިއީ އަޅުގަނޑުމެންގެ ދެވަނައަށް އެންމެ ބޮޑު މާކެޓް. އިންޑިއާ ފިޔަވައި އެނބުރި އައުމަށް އޭޝިއާ އޮތީ ތަންކޮޅެއް ލަސްކޮށެވެ. އަޅުގަނޑުމެން މިހާރު ވަނީ ޖަޕާނާއި ހޮންކޮންގް، ބެއިޖިން އަދި ޝަންހާއީގައި ހަރަކާތްތެރިވާން ފަށާފައި. ނަމަވެސް ޔޫކްރެއިންގެ ހާލަތާ ގުޅިގެން ވައިގެ ސަރަހައްދު ހިފެހެއްޓުމުގެ ސަބަބުން އެތަނުގެ އޮޕަރޭޝަންތަކަށް އާ ގޮންޖެހުންތަކެއް އެބަހުއްޓެވެ. އަޅުގަނޑުމެން އުންމީދު ކުރަނީ ކުރިއަށް އޮތް ދެއަހަރު ދުވަހުގެ ތެރޭގައި މިކަން ރަނގަޅުވާނެ ކަމަށް.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!