ދުނިޔެ

ދުނިޔެ ކުރިއަރައިގެންދާނީ އިންޑިއާއާއެކު: އެމްއޯއެސް މީނާކާޝީ ލޭކީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ދުނިޔޭގައި ކުރިއެރުން ހޯދަން ޖެހިއްޖެ ނަމަ އިންސާނިއްޔަތު ދެމިހުންނަން ޖެހޭ ނަމަ އިންޑިއާގެ މަގަކީ ކުރިއަށް ދާން އޮތް މަގެއް ކަމަށާއި އެ މަގަކީ "ވަސުދައިވަ ކުޓުމްބަކަމް" ކަމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް އެންޑް ކަލްޗާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މީނާކާޝީ ލޭކީ ވިދާޅުވެއްޖެ އެވެ.

Ads by Sosun Fihaara

އިންދިރާ ގާންދީ ނޭޝަނަލް ސެންޓަރ ފޯ ދި އާޓްސްގެ ދަރްޝަނަމް ގެލެރީގައި ބޭއްވި އެގްޒިބިޝަން "ބޭންކިން އޮން ވޯލްޑް ހެރިޓޭޖް" މައުރަޒުގައި ވާހަކަ ދައްކަވަމުން އެމްއޯއެސް ލެކީ ވިދާޅުވީ ދުނިޔެ ކުރިއަރައި، އިންސާނިއްޔަތުކަން ދެމިހުންނަން ޖެހިއްޖެ ނަމަ އިންޑިއާގެ މަގަކީ ކުރިއަށް ދާން އޮތް މަގެއް ކަމަށާއި އެ މަގަކީ "ވަސުދައިވާ ކުޓުމްބަކަމް" ކަމަށެވެ.

މިދިޔަ ހުކުރު ދުވަހު ލެކީ އިފްތިތާހުކުރި މި މައުރަޒުގައި ޔުނެސްކޯއިން ލިސްޓުކޮށްފައިވާ ދުނިޔޭގެ ތަރިކައިގެ ތަންތަން ދައްކުވައިދޭ ޖީ-20 މެމްބަރު ގައުމުތަކުގެ ނޫޓުތައް ދައްކާލައެވެ. މި މައުރަޒަކީ މިނިވަން އިލްމުވެރިއެއް އަދި "މަނީ ޓޯކްސް" ގެ ބާނީ ރުކްމިނީ ދަހަނޫކަރް ތައްޔާރުކޮށްފައިވާ މައުރަޒެކެވެ.

މިހާރު ކުރިއަށްދާ ޖީ-20 ސަމިޓް ފާހަގަކުރުމުގެ ގޮތުން އިންޑިއާގެ ރިޔާސަތުގައި ބާއްވާ މި މައުރަޒު ކުރިއަށްދާނީ ޖުލައި މަހުގެ ނުވަވަނަ ދުވަހުގެ ނިޔަލަށެވެ.

މި ރަސްމިއްޔާތުގައި އައިޖީއެންސީއޭގެ މެމްބަރ ސެކްރެޓަރީ ޑރ ސަޗިދާނަންދު ޖޯޝީއާއި ޑިރެކްޓަރ (އެޑްމިނިސްޓްރޭޝަން) ޕްރިޔަންކާ މިޝްރާ އާއި އާކައިވިސްޓް ސަންޖޭ ޖާގެ އިތުރުން ބައެއް ގައުމުތަކުގެ އޮފިޝަލުންނާއި އެހެނިހެން އިއްޒަތްތެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

އިފްތިތާހީ ޕްރޮގްރާމަށްފަހު ވަނީ ޕެނަލް ޑިސްކަޝަނެއް ބާއްވާފައެވެ.

މައުރަޒު ހުޅުއްވައިދެއްވުމަށްފަހު އެމްއޯއެސް ލެކީ ވިދާޅުވީ ހަޔާތުގެ ކޮންމެ ދުވަހަކު ވެސް ކޮންމެ ދުވަހަކު ވެސް އާ ކަމެއް ދަސްވާތީ ދިރިއުޅުމުގެ އަގު ހުރި ހެން ހީވާ ކަމަށެވެ. ނޫޓު ފަދަ އެއްޗަކަށް އެކްސްޕޯޒްވުމަކީ ވަރަށް ތަފާތު ކަމެއް ކަމަށާއި އެ ނޫޓް އެއްކުރަން ވަރަށް މަޖާވި ކަމަށާއި ކަރަންސީ ނޫޓަށް މި ނަޒަރު ވަރަށް ތަފާތު އަދި އާ ކަމަށް އެ ބަޔާނުގައި ވެ އެވެ.

އެކަމަނާ އިތުރަށް ވިދާޅުވީ ފައިސާގެ ނޫޓުތަކުގެ ޒަރިއްޔާއިން އަޅުގަނޑުމެންނަށް އެ ގައުމެއްގެ ތާރީޚު އެނގި، އެ ޤައުމުގެ ތާރީޚު ވަރަށް ފުރިހަމައަށް ހާމަވާ ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!