ދުނިޔެ

ކޮވިޑް19: ޓޮއިލެޓް ޕޭޕަރާ ހުރެ ދެ އަންހެނަކު އަރައިރުން ވެއްޖެ

ދެން އެމްވީ ، ދެން އޮންލައިން

އޮސްޓްރޭލިއާގެ ސުޕަރ މާކެޓެއްގައި ޓޮއިލެޓް ޕޭޕަރ އަކާއި ހުރެ ދެ އަންހެނަކު އަރައިރުން ވެއްޖެއެވެ. މިކަން ހިނގާފައިވަނީ ކޮރޯނާ ވައިރަސް ގެ ސަބަބުން ޓޮއިލެޓް ޕޭޕަރ ފަދަ ސާފުތާހިރު ވުމަށް ބޭނުންވާ ސާމާނު ހުސްވަމުންދާ ދުވަސްކޮޅެއްގައެވެ.

Ads by Sosun Fihaara

މި ދެ އަންހެނުން އަރައިރުންވި މަންޒަރު ފެންނަ ވީޑިއޯއެއް މިހާރު މީސް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. ވީޑިއޯ އިން އުމުރުން ދުވަސްވީ އަންހެނަކު ވަނީ އެންމެ ފަހަށް އިން ޓޮއިލެޓު ޕޭޕަރ ރޯލް ނެގުމަށް އެތާހުރި ޒުވާން އަންހެނެއް ގެ މޫނުގައި ޖަހާފައެވެ. ދެ މީހުން ވެސް މަސައްކަތް ކުރީ އެ ޓޮއިލެޓު ޕޭޕަރ ރޯލް ލިބޭތޯއެވެ. ވީޑިއޯއިން އިތުރަށް ފެންނަ ގޮތުގައި އޭރުވެސް ޒުވާން އަންހެން މީހާގެ ޓްރޯލީ ފުރާ ޓޮއިލެޓް ޕޭޕަރ އަޅާފައި ހުރިއެވެ.

ދެމީހުންގެ ޒުވާބު ހޫނު ވެ ބޮޑު އަރައިރުމަކަށް ދާއިރު އެމީހުން ހުއްޓުވަނީ އެތަނަށް އަންނަ އެހެން މީހުނެވެ.

ކޮރޯނާ ވައިރަސް ގެ ބިރުވެރިކަން ދުނިޔޭގައި ބޮޑުވުމާއެކު ސައިބޯންޏާއި ސެނިޓައިޒަރ ފަދަ ތަކެތި ބައެއް މީހުން ގޭގައި ސްޓޮކް ކުރަމުންދާ މައްސަަލަ ވަނީ ވަރަށް ބޮޑުވެފައެވެ.

ކޮރޯނާ ވައިރަހަށް ޕޮސިޓިވް ވި މީހުން ގެ އަދަދު މިހާރުވަނީ 117973 އަށް އަރާފައެވެ. އަދި މީގެ ތެރެއިން 65040 ވަނީ ބަލިން މުޅިން ފަސޭހަވެފައެެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!