އެކްސްޕޯޓް ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ބޭނުން ނުހިފުމަށް ޗައިނާއިން ނެދަލޭންޑްސްއަށް އިލްތިމާސްކޮށްފި
ޗައިނާގެ ކޮމާސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ސެމިކޮންޑަކްޓާ އިންޑަސްޓްރީގައި ބައިލެޓަރަލް އެއްބާރުލުމަށް ހުރަސް ނޭޅުމަށާއި އެކްސްޕޯޓް ކޮންޓްރޯލްގެ ބޭނުން ނުހިފުމަށް ޗައިނާއިން ނެދަލޭންޑްސްއަށް ގޮވާލާފައިވާ ކަމަށެވެ.
އަދި މިހެން ބުނެފައި ވަނީ ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ކަމަށް އެ ބަޔާނުގައި ވެ އެވެ. އަދި މިމައުޟޫޢުގައި ދެ ޤައުމުން ވެސް ވަރަށް ގިނައިން އަދި އެކި ލެވެލްތަކުގައި މުޢާމަލާތްކޮށްފައިވާކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
ނެދަލޭންޑްސްގެ ސަރުކާރުން ހުކުރު ދުވަހު ވަނީ ސެމީކޮންޑަކްޓަރުގެ ބައެއް ސާމާނު އެކްސްޕޯޓު ކުރުން އާ ފިޔަވަޅުތަކެއް އިއުލާނުކޮށް، ޗައިނާއަށް ހައިޓެކް ކޮމްޕޯނެންޓްސް ސަޕްލައި ކުރުން ހުއްޓުވުމަށް އެމެރިކާ އިން އިސްނަގައިގެން ކުރިއަށް ގެންދާ ހަރަކާތަށް އިތުރު ކުރިއެރުމެއް ލިބިފަ އެވެ.