ކޮރޯނާ ވައިރަހުން ރައްކާތެރިވެ ތިބުމަށް އިމްރާންގެ އިރުޝާދުތަކެއް
ދުނިޔޭގައި މިހާރު ހަލުވި ކަމާއެކު ފެތުރެމުން އަންނަ އަދި ރާއްޖެއިން ވެސް ފެނިފައިވާ ކޮރޯނާ ވައިރަހުން ރައްކާތެރިވުމަށް ހޯމް މިނިސްޓަރ އިމްރާން ޢަބުދުﷲ އިރުޝާދުތަކެއް ދެއްވައިފިއެވެ.
އެމަނިކުފާނު އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ކޮރޯނާ އިން ރައްކާތެރިވެ ތިބުމަށް މާއްދީ ވަސީލަތްތަކުގެ ބޭނުން ހިފުމުގެ އިތުރުން އިލާހީ މަދަދަށް އެދި ، ނަބަވީ އިރުޝާދުތަކަށް ތަބާވާން ޖެހޭ ކަމަަށެވެ.
"ދުނިޔެއަަށް ކުރިމަތިވެފައިވާ ކޮވިޑް-19ގެ ނުރައްކަލުން ސަލާމަތްވުމަށްޓަކައި ސައިންސްގެ އަލީގައި ތަރައްގީ ކުރެވިފައިވާ އަދި ތަރައްގީ ކުރެވެމުން އަންނަ މާއްދީ ވަސީލަތްތަކުގެ ބޭނުން ހިފުން ކޮންމެހެން ލާޒިމު ، ހަމައެއާއެކު އިލާހީ މަދަދަށް އެދި ނަބަވީ އިރުޝާދުތަކަށް ތަބާވާން ވެސް ޖެހޭ" އިމްރާން ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން އިމްރާން ވަނީ ހެނދުނާއި ހަވީރު ޚާއްޞަކޮށް ދެ ދުޢާއެއް ކުރުން މަތީ ދެމިތިބުމަށް ނަސޭހަތްތެރިވެ އެ ދުއާތައް ހިއްސާކޮށްފައެވެ.
އެ ދުއާތަކަކީ:
"أَعُوذُ بِكَلِمَاتِ اللَّهِ التَّامَّاتِ مِنْ شَرِّ مَا خَلَقَ"
"بِسْمِ اللَّهِ الَّذِي لَا يَضُرُّ مَعَ اسْمِهِ شَيْءٌ فِي الأَرْضِ وَلَا فِي السَّمَاءِ، وَهُوَ السَّمِيعُ العَلِيمُ"