ދުނިޔެ

ކޮވިޑް-19ގެ ނުރައްކާ ބޮޑުވެ ސައުދީގެ ސްކޫލުތައް ބަންދުކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ސައުދީ އަރަބިއްޔާގައި ކޮވިޑް-19 ފެތުރެމުންދާތީ އެގައުމުގައި ސްކޫލުތަކާއި ޔުނިވާސިޓީތައް މިއަދުން ފެށިގެން ވަކި މުއްދަތެއް ނެތް ގޮތަށް ބަންދުކޮށްފި އެވެ.

Ads by WAMCO

ސައުދީ އެޑިއުކޭޝަން މިނިސްޓްރީއާ ހަވާލާދީ ދައުލަތުގެ މީޑިއާ އެސްޕީއޭއިިން ރިޕޯޓުކޮށްފައިވާ ގޮތުގައި މިއަދުން ފެށިގެން ސްކޫލުތައް ބަންދު ކުރާ އިރު އޭގެ ތެރޭގައި ސަރުކާރުގެ އާއި ޕްރައިވެޓް ސްކޫލުތަކާއި ޓެކްނިކަލް އަދި ހާއްސަ ތަމްރީނުދޭ ސްކޫލުތައްވެސް ހިމެނޭނެ އެވެ.

ސައުދީގައި މިހާތަނަށް 11 މީހަކު ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައިވާ އިރު އެ އެންމެންނަކީ އެގައުމުގެ ގާތިފް ސިޓީގައި ތިބި މީހުންނެވެ. ގާތިފް އަކީ ޝީޢީންގެ އާބާދީ ބޮޑު ސަރަހައްދެކެވެ. އަދި ވައިރަސް ޖެހުނު ގިނަ މީހުންނަކީ އީރާނުގައި ހުންނަ ޝީޢީންގެ މުގައްދިސް ތަންތަނަށް ޒިޔާރަތް ކުރި މީހުންނެވެ.

އެހެންކަމުން ސައުދީން އިއްޔެ ވަނީ ގާތިފްއަށް އަރާ ފޭބުން މަނާކޮށްފަ އެވެ.

ކޮރޯނާ ވައިރަހުގެ ނުރައްކާ ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފޯރަމުންދާއިރު، މި ބަލީގައި މިހާތަނަށް މުޅި ދުނިޔެއިން ވަނީ 3،000 އަށް ވުރެ ގިނަ މީހުން މަރުވެފައެވެ. އަދި މި ބައްޔަށް 100،000 އަށް ވުރެ ގިނަ މީހުންނަށް ވަނީ މި ބައްޔަށް ޕޮޒިޓިވް ވެފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!