ލައިފްސްޓައިލް

އެންމެން "ތްރެޑްސް" އަށް, ރާއްޖޭގައި ވެސް ބޮޑު މަގުބޫލު ކަމެއް!

ރައުފާ ރަޝީދު ، ދެން އޮންލައިން

މެޓާއިން އަލަށް ތައާރަފްކުރި ތްރެޑްސް އެޕްލިކޭޝަނަށް ފުރަތަމަ ހަތް ގަޑިއިރުގެ ތެރޭގައި 10 މިލިއަން މީހުން ބޭނުންކުރަން ފަށައި ބޮޑު އެ ޕްލެޓްފޯމް ރާއްޖޭގެ ގިނަ ބަޔަކު ބޭނުންކުރަން ފަށައިިފިއެވެ.

Ads by Hajj Corporation

ތްރެޑްސްގެ ނަމުން ނަން ދީފައިވާ މި އެޕްލިކޭޝަނަކީ ޓެކްސްޓް ބޭސްޑް ކޮންވަޒޭޝަން އެޕްލިކޭޝަނެކެވެ. މި އެޕްލިކޭޝަން ބޭނުންކުރާ ފަރާތްތަކަށް 500 ކެރެކްޓާއާ ހަމައަށް ޕޯސްޓްތައް ޝާއިއުކުރެވޭނެއެވެ. އޭގެ ތެރޭގައި ލިންކް، ފޮޓޯ އަދި ވީޑިއޯ ވެސް ހިމެނެއެވެ. ޓްވިޓާއެކޭ ވެސް އެއްފަދައިން މި ޕޯސްޓުތަކަށް ވެސް އެހެން މީހުންނަށް ޖަވާބު ދީ، ލައިކްކޮށް ނުވަތަ ޝެއާ ކުރެވޭނެއެވެ.

ތްރެޑްސްގައި “ދެން”ގެ އެކައުންޓަށް ފޮލޯ ކުރައްވާ!

https://www.threads.net/@dhen.photos

"ތްރެޑްސް" ޑިޒައިންކޮށްފައި ވަނީ އިންސްޓަގްރާމްއާ ލިންކުވާ ގޮތަށެވެ. ދެ ބިލިއަނަށް ވުރެ ގިނަ މީހުން ބޭނުންކުރާ މެޓާގެ މަގުބޫލު ފޮޓޯ ޝެއާކުރާ ޕްލެޓްފޯމް ކަމަށްވާ އިންސްޓަގްރާމާ ގުޅިފައިވާ ތްރެޑްސް އަށް އިންސްޓަގްރާމް އެކައުންޓަކާ ނުލައި ސައިންއަޕް ނުކުރެވޭނެއެވެ.

ބުދަ ދުވަހު ޒަކަބާގް ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ޓްވިޓާގެ ބަދަލުގައި ތްރެޑްސް ތަޢާރަފް ކުރުން ވެގެން ދާނީ ސޯޝަލް މީޑިއާ ބޭނުން ކުރާ ފަރާތްތަކަށް އަންނާނެ ވަރަށް ބޮޑު ބަދަލަކަށް ކަމަށެވެ.

ތްރެޑްސް ލޯންޗުކުރިތާ މާ ގިނައިރުތަކެއް ނުވެ، ދުނިޔޭގެ ބޮޑެތި ބްރޭންޑުތަކާއި އެހެން ވިޔަފާރިތަކާއި ސެލެބްރިޓީން ވެސް މި އެޕް ބޭނުންކުރަން ވަނީ ފަށައިފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!