ޚަބަރު

ސިނަމާލެ ބްރިޖު މަތީގައި އިތުރު އެކްސިޑެންޓެއް ހިނގައިފި

ފަތޯނާ ފާއިޒު ، ދެން އޮންލައިން
ސިނަމާލެ ބްރިޖު މަތީގައި މިރޭ ވެސް އެކްސިޑެންޓެއް ހިނގައި، ދެ މީހަކަށް އަނިޔާ ވެއްޖެއެވެ.
މިކަމާ ގުޅޭގޮތުން، ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މި އެކްސިޑެންޓް ހިނގާފައިވަނީ ހުޅުމާލޭއިން މާލެއަށް ދަތުރު ކުރާ ލޭންއިން ދުއްވާފައި ދިޔަ ސައިކަލެއް، ބްރިޖްގައި މަސައްކަތް ކުރަން ހުރި މީހެއްގެ ގައިގައި ޖެހިގެން ކަމަށެވެ.

މި އެކްސިޑެންޓްގެ ރިޕޯޓް ލިބިފައިވަނީ މިރޭގެ ވަގުތެއްގައި ކަމަށާއި، އެކްސިންޓްގައި ދެމީހަކަށް އަނިޔާވެގެން އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ވެސް މީޑިއާ އޮފިޝަލު ވިދާޅުވިއެވެ.

Ads by STELCO

އަދި އެކްސިޑެންޓާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!