ވަކި ގައުމަކުން މީހުން އައުން ހުއްޓުވާކަން ނުޖެޙޭ
މުޅި ދުނިޔޭގައި ވެސް ހަލުވިކަމާއެކު ފެތުރެމުންދާ އަދި ރާއްޖެއިން ފެނިފައިވާ ކޮރޯނާ ވައިރަހުން ރައްކާތެރިވާން ވަކި ގައުމަކުން މީހުން އައުން ހުއްޓުވަން ނުޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނަޝީދު ވިދާޅުވީ ވަކި ގައުމަކުން މީހުން ގެނައުން ހުއްޓާނަމަ ހުރިހާ ގައުމަކާމެދު ވެސް އެއްގޮތަށް އަމަލު ކުރަން ޖެހޭނެ ކަމަަށެވެ.
ރައީސް ނަޝީދު މީގެ ކުރިން ވަނީ ރަށްރަށުގައި ކަރަންޓީން ކުރުމާއި ދެކޮޅަށް ވެސް ވާހަކަ ފުޅު ދައްކަވާފައެވެ. ނަމަވެސް ސަރުކާރުން ގެންދަވަނީ ހާލަތާއި އެންމެ އެކަށީގެންވާ ގޮތަކަށް ކަރަންޓީންގެ ކަންތައް ހަމަ ޖައްސަވަމުންނެވެ. އަދި އިޓަލީގައި ހަލުވިކަމާއެކު ކޮރޯނާ ފެތުރެމުންދިޔުމާއެކު ސަރުކާރުން ވަނީ އިޓަލީ ފަތުރުވެރިން އައުން މަނާކޮށް ރާއްޖޭގައި ތިބި އެގައުމުގެ ފަތުރުވެރިން ވެސް ގެންގޮސްފައެވެ.