ޚަބަރު

ޖާބިރުގެ އަނެއްކާވެސް ތަފާތުކަމެއް، މަޖިލީހުގައި މިއަދު ވާހަކަ ދެއްކީ އިޓަލީ ބަހުން

ދެން އެމްވީ ، ދެން އޮންލައިން

އިޓަލީއިން ރާއްޖެއަށް މީހުން އައުން މަނާ ކުރުމުން ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ޝުއޫރުތައް އިޓަލީ ބަހުން ބަންޑުން ކޮށްލައިފިއެވެ.

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ޖާބިރު އިޓަލީ ބަހުން ގޮވާލެއްވީ އެ ގައުމުގެ ފްލައިޓުތަކަށް ރާއްޖޭގެ ދޮރު ހުޅުވާލުމަށެވެ.

މީގެ އިތުރުން ޖާބިރު ވަނީ އިޓަލީ ފަތުރުވެރިން ރާއްޖެއައުން މަނާ ކުރުމުން ރާއްޖޭގެ އިގްތިސާދަށް އަސަރު ކުރާނެ ކަމަށް ވެސް ބުނެފައެވެ.

މެމްބަރު ޖާބިރު އަބަދުވެސް ފާހަގަކުރެވެނީ މަޖިލީހުގައި ތަފާތު ބޭފުޅެއްގެ ގޮތުގައެވެ. އެގޮތުން ޖާބިރަކީ އެހެން މެމްބަރުންނާއި ޚިލާފަށް މަޖިލީހުގައި ކޯޓު ފަޓުލޫނު ތުރުކުރައްވާ ހަމައެކަނި މެމްބަރެވެ. މީގެ އިތުރުން ޖާބިރު ވަނީ މަޖިލީހުގެ ޖަލްސާ ގައުމީ ސަލާމުން ފެށުމަށް އިލްތިމާސް ކުރައްވާ ގައުމީ ސަލާމުން ބަހުސް ފައްޓައި މީހުންގެ ސަމާލުކަން ހޯއްދަވާފައެވެ. އަދި އެމަނިކުފާނު ވިދާޅުވާ ގޮތުންނަމަ މިހާރުގެ އިދިކޮޅު ލީޑަރަކީ ވެސް އެމަނިކުފާނެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!