ޚަބަރު

ކުޑަފަރުގައި އެއާޕޯޓެއް އަޅައިދޭނަން: ރައީސް ޞާލިޙު

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ށ. ކޮމަންޑޫގައި ރައްޔިތުން އެދޭ ގޮތަށް ކުޑަފަރުގައި އެއާޕޯޓު އަޅައިދިނުމަށް ރައީީސް އިބްރާހީމް މުޙައްމަދު ސާލިޙު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި، އެންމެ ފުރަތަމަ މަންޒިލެއްގެ ގޮތުން، ށ. ކޮމަންޑޫއަށް ވަޑައިގެން ރައީސް ވިދާޅުވީ ރައްޔިތުން އެދޭ ގޮތަށް އެއާޕޯޓް އެޅުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށާއި ކޮމަންޑޫ އާއި މަތިކޮމަންޑޫ ގުޅާލުމުގެ މަޝްރޫއު އޮގަސްޓަ މަހު ނިމިގެންދާނެ ކަމަށެވެ.

ކެމްޕޭން ފެށުމަށް ކޮމަންޑޫ ފުރަތަމަ ރަށެއްގެ ގޮތުގައި ޚިޔާރު ކުރެއްވީ ސަބަބެއް ނެތިނޫންކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ކޮމަންޑޫއަކީ ކެމްޕޭން ކުރަން ދަންނަ ރަށެއް ކަމަށެވެ. އަދި އެއީ އިންތިޚާބުތަކުގައި ބަލިވާ ރަށެއް ނޫންކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"ވަޢުދެއް ވެއްޖެއްޔާ، އެ ވަޢުދެއް އަޅުގަނޑުމެން އުފައްދާނަން. ބައެއް ކަހަލަ އުނދަގޫތައް ހުރޭ، އެހެންނަމަވެސް، އެއަށް ޙައްލު ހޯދުމަށް އަޅުގަނޑުމެންނަށް އެނގޭ."

 

ރައީސްގެ ވާހަކަފުޅުގައި އިތުރަށް ވަނީ ކޮވިޑް-19ގެ ޕެންޑެމިކްގެ ތެރޭގައި ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ހަރުދަނާކަން ފާހަގަކުރައްވައި، އޭރުގެ އެ ނިންމުންތަކުގެ ސަބަބުން، ރާއްޖެ ސަލާމަތްވި ކަމަށް ވިދާޅުވެފައެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި، ސަރުކާރަކުން ނަގަންޖެހޭ ޒިންމާތައް އެ ދުވަހު ނުނެގިނަމަ، މުޅި ރާއްޖެ ބަނގުރޫޓުވީީހެވެ.

 

Ads by HDC
  1. އެހަންދަރަނިއަދާވޭތޯ ބަލަންވީނު ވައުދުތަށް ބަހަންޓާފަ