ދުނިޔެ

އިޓަލީގެ 4 ބައިކުޅަ އެއްބައި މީހުން ކަރަންޓީނުގައި! 

ދެން އެމްވީ ، ދެން އޮންލައިން

ވުހާން ސިޓީއިން ފުރަތަމަ ފަހަރަށް ފެނުނު ނުރައްކާތެރި ވައިރަސް ކަމަށްވާ ކޮވިޑް 19 މިވަނީ މުޅި ދުނިޔެ ހުއްޓުމަކަށް ގެނެސްފައެވެ. ޗައިނާއިން އެކަނިވެސް ލައްކައަކަށްވުރެ ގިނަ މީހުންނަށް ވަނީ މިހާތަނަަށް އެ ބަލި ޖެހިފައެވެ. މިދުވަސްކޮޅު ކޮވިޑް 19 އެންމެ ހަލުވިކަމާއިއެކު ފެތުރެމުން ދަނީ އިޓަލީގައެވެ. އެގޮތުން، ބައްޔަށް ޕޮޒިޓިވް ވާ މީހުންގެ އަދަދު މިވަނީ 1492އިން 7375 އަށް އުފުލިފައެވެ. އެއްދުވަސް ތެރޭގައި އެންމެ ގިނަ މީހުންނަށް ކޮވިޑް 19 ޖެހިފައިވަނީ ވެސް އިޓަލީގައެވެ.

Ads by Sosun Fihaara

އިޓަލީގެ ސިވިލް ޕްރޮޓެކްޝަން އެޖެންސީގެ އިސްވެރިޔާ ވިދާޅުވީ، 7375 މީހުންނަށް މި ބަލި ޖެހިފައިވާއިރު، އެތަނުން 622 މީހުން ވަނީ ރަނގަޅު ވެފައި ކަމަށެވެ.

އިޓަލީގެ ބޮޑުވަޒީރު ވަނީ އެގައުމުގެ 16 މިލިއަން މީހުން ކަރަންޓީނު ކުރުމަށް ނިންމާފައެވެ. މިއީ އިޓަލީގެ އާބާދީގެ 4 ބައި ކުޅަ އެއްބައި އެވެ. ބޭރަށް ނުދެވޭ ގޮތަށް ކަރަންޓީނު ކޮށްފައިވާ އިޓަލީގެ ބައެއް ހިސާބުތަކަކީ މިލާން އާއި އިޓަލީގެ ފައިނޭންޝަލް ހަބާއި، ގައުމުގެ މައި ދެ ސިޓީ ކަމަށްވާ ލޮމްބާޑީ އަދި ވެނިސްއެވެ.

އިޓަލީގައި ބަލިން ރައްކާތެރިވުމަށް ގިނަ ފިޔަވަޅު ތަކެއް އެޅުމަށް ނިންމާފައިވާއިރު އެގައުމުގެ ރައްޔިތުން ތިބީ އެ ގަވައިދުތައް ތަންފީޒް ކުރާނެ ވަގުތެއްގެ އިންތިޒާރުގައެވެ. އިޓަލީގައި ގިނައިން މީހުން އެއްވާ ތަންތަން ފަދަ ރެސްޓޯރެންޓްތަކާއި ސިނަމާތައް ވެސް ވަނީ ބަންދުކޮށްފައެވެ. މީގެ އިތުރުން ކައިވެނި ޕާޓީތަކާއި ޖަނާޒާ ތައް ބޭއްވުންވެސް ވަނީ މަނާކޮށްފައެވެ.

ރާއްޖެއަށް ޗުއްޓީ ހޭދަކުރުމަށް އައި އިޓަލީގެ ފަތުރުވެރިއެއް ގައިން ވެސް ވަނީ ކޮރޯނާ ވައިރަސް ފެނިފައެވެ. ރައްކާތެރިކަމަށްޓަކައި ސަރުުކާރުން ވަނީ އިޓަލީއަށް ކުރާ ދަތުރުތައް ވެސް ވަގުތީ ގޮތުން މެދު ކަނޑާލާފައެވެ. ރާއްޖެއިން މިހާތަނަށް ވަނީ ކޮވިޑް 19 އަށް ޕޮޒިޓިވް 4 މީހަކު ފެނިފައެވެމ އެ 4 މީހުންނަކީވެސް ބިދޭސީންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!