ޚަބަރު

މިއީ ރާއްޖެއަށް ވައިރަސް އައީ ސަރުކާރުގެ އިހުމާލުންތޯ ބަލަންވީ ވަގުތެއް ނޫން: ޣައްސާން

ދެން އެމްވީ ، ދެން އޮންލައިން

ީީމިއީ ކޮވިޑް-19 ރާއްޖެއަށް އައީ ސަރުކާރުން އިހުމާލުވެގެންތޯ ބަލަންވީ ވަގުތު ނޫން ކަމަށް ގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނައިބް ރައީސް މުހައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ޣައްސާން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިއީ ކޮވިޑް-19 ރާއްޖެ އައީ ސަރުކާރުން އިހުމާލުވެގެންތޯ ބަލަންވީ ވަގުތެއް ނޫން ކަމަށާއި އެކަމުގެ ވަގުތު އަދި އަންނާނެ ކަމަށެވެ. އަދި މިހާރު އެންމެން މަސައްކަތްކުރަންވީ އެއް އަމާޒަކަށް މި ބަލި ފެތިރިއަނުދޭން ކަމަށް ޣައްސާން ވިދާޅުވިއެވެ.

"ގުދުރަތީ ގޮތުން ރާއްޖެ އުފެދިފައިި މިއޮތްގޮތުން ހަރުދަނާ، އަވަސް ފިޔަވަޅުތަކެއް ގާއިމު ކުރެވިއްޖެނަމަ އެއްފަސްކޮށް އުފެދިފައިވާ ގައުމުތަކަށްވުރެ ކޮވިޑް-19 ކޮންޓެއިން ކުރުމުގެ ފުރުސަތު އިންޝާﷲ މާބޮޑު. އިހުމާލު ވެވިއްޖެނަމަ އެކަމުގެ ހިތި އޮތީ ހުރިހާ ދިވެހިންނަށް" ކަމަށެވެ.

މީގެ އިތުރުން ޣައްސާން އިއްޔެ ވަނީ ސިޔާސީ ދެބަސްވުންތައް އެއްފަރާތްކޮށް، ޤައުމީ އެއްބައިވަންތަކަން އިސްކުރުމަށް ގޮވާލައްވާފައެވެ.

ރާއްޖެ އިން މިހާތަނަށް ކޮރޯނާވައިރަހަށް ހަތަރު މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. އެގޮތުން އެ ހަތަރު މީހުންނަކީ ކުރެއްދޫ އައިލޭންޑް ރިސޯޓުގައި މަސައްކަތްކުރާ ބިދޭސީ ދެ މުވައްޒަފުންނާއި ބަތަލާ އައިލޭންޑް ރިސޯޓުގައި ތިބި ދެ ފަތުރުވެރިއެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!