ޚަބަރު

ޖުމައިރާ ރިސޯޓު ކައިރިން ކިނބުލެއް ފެނިއްޖެ

ދެން އެމްވީ ، ދެން އޮންލައިން

ޖުމެއިރާ ވިޓަވެލި ރިސޯޓު ކައިރިން ބޮޑު ކިނބުލެއް ފެނިގެން އެމްއެންޑީއެފްއިން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފްއިން ބުނީ އެ މައްސަލަ ރިޕޯޓްކޮށްފައިވަނީ މިއަދު ހެނދުނު 10:32 ގައި ކަމަށެވެ.

އެމްއެންޑީއެފްއިން ބުނީ، ގޮނޑުދޮށުގައި އޮތް ހަތަރު ފޫޓުގެ ކިނބުލެއް ފެނިފައި ވަނީ އެ ރަށުގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަކަށް ކަަމަށެވެ. އެ ކިނބުލާ ކައިރިވިތަނާ އެ ކިނބޫ މޫދަަށް ފައިބައިގެން ދިޔަ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

ކިނބޫ ފެނުމާ ގުޅިގެން އެމްއެންޑީއެފްއިން މިހާރު ދަނީ ރިސޯޓް ކައިރީގައި ހަރަކާތްތެރިވަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!