ޚަބަރު ސިޔާސީ

ރައީސް ޞާލިޙަށް މި ފަހަރު މ.އަތޮޅުގެ މެޖޯރިޓީ ލިބޭނެ: މަހުލޫފު

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް މި އަހަރުގެ ރިޔާސީ އިންތިޚާބުގައި މ.އަތޮޅުން މެޖޯރިޓީ ލިބިގެންދާނެ  ކަމަށް ޔޫތު މިނިސްޓަރު އަޙުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

Ads by MWSC

މިނިސްޓަރު މިފަދައިން ވިދާޅުވީ، ރިޔާސީ އިންތިޚާބުގެ ކެމްޕެއިނަށް މ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރުފުޅަށްފަހު ކުރެއްވި ޓުވީޓެއްގައެވެ.

މިގޮތުން މަހުލޫފު ވިދާޅުވީ މ. އަތޮޅުގައި މިސަރުކާރުން ކުރިއަށް ގެންދާ ބިޔަ މަޝްރޫއުތައް ފެނިގެންދާ ކަމަށާއި މި މަޝްރޫޢުތައް ވަރަށް އަވަހަށް ނިމިގެންދާނެ ކަމަށެވެ.

މީގެ އިތުރުން މަހުލޫފު ވިދާޅުވީ 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި މ. އަތޮޅު ރައީސް ޔާމީން މެޖޯރިޓީ ހޯއްދެވި ނަމަވެސް މިއަހަރުގެ ރިޔާސީ އިންތިޚާބުގައި މެޖޯރިޓީ ލިބިގެންދާނީ ރައީސް ޞާލިޙަށް ކަމަށެވެ.

ރައީސް ޞާލިޙުގެ ރިޔާސީ ކެމްޕެއިންގެ ހަރަކާާތްތައް ގިނަކޮށްފައިވާއިރު، އިއްޔެ އެމަނިކުފާނު ވަނީ ވެރިރަށް މާލޭގެ ގަލޮޅު ދެކުނުގައި ދޮރުން ދޮރަށް ހިންގެވުމުގެ ހަރަކާތެއް ކުރިއަށް ގެންދަވައިފައެވެ.

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!