ދުނިޔެ

އީބޭ ގައި ސެނިޓައިޒަރ ގެ އަގު 5000 އިންސައްތަ އުފުލާލައިފި

ދެން އެމްވީ ، ދެން އޮންލައިން

މަޝްހޫރު އޮންލައިން މާރކެޓެއް ކަމަށްވާ އީބޭ އިން ސެނިޓައިޒަރ ގެ އަގު 5000 އިންސައްތަ އުފުލާލައިފިއެވެ. ކުރިން 49 ޕެނީ އަށް ވިއްކި 50އެމްއެލް ގެ ސެނިޓައިޒާ ފުޅި މިހާރު އީބޭގައި ލިބެން ހުރީ 29.99 ޕައުންޑްސް އަށެވެ. އަދި 99 ޕައުންޑްސް އަށް ހުރި ސެނިޓައިޒާ ފުޅިތައް ބައެއް ފަރާތްތަކުން 499 ޕައުންޑްސް އަށް ވެސް އަގު މަތިކޮށްފައިހުރިއެވެ.

Ads by Sosun Fihaara

ރިޕޯޓުތައް ބުނާ ގޮތުގައި އީބޭ ގެ އިތުރުންވެސް ގިނަ އޮންލައިން ވިޔަފާރި ކުރާ ފަރާތްތަކުން ވަނީ ސެނިޓައިޒާ ތަކުގެ އުފުލާފައެވެ. އަދި މި މީހުނަށް އެވްރެޖުކޮށް 1000 އިންސައްތައިގެ ފައިދާ ޖެހޭނެކަމަށް ލަފާކުރެވޭކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

ކޮރޯނާވައިރަހުން ރައްކާތެރިވުމަށް ކުރެވެން އޮތް އެންމެ މުހިންމު ކަމަކީ ރަނގަޅަށް ސައިބޯނި ލައިގެން އަތް ދޮވުމެވެ. ނުވަތަ ސެނިޓައިޒަރ އެއް ބޭނުން ކުރުމެވެ. ވައިރަހުގެ ބިރު އިންތިހާއަށް ބޮޑުވެފައިވާއިރު ގިނަ ބަޔަކު ދަނީ 'ޕެނިކް' ވެ ސައިބޯންޏާއި ސެނިޓައިޒަރ ފަދަ ތަކެތި ގަންނަމުންނެވެ. މި ދަނޑިވަޅުގައި ސެނިޓައިޒަރ ފަދަ ތަކެއްޗަށް ޑިމާންޑު ބޮޑުވެފައި ވާއިރު ބައެއް ވިޔަފާރިވެރިންވެސް ދަނީ އެކަމުގެ ނާޖާއިޒު ފައިދާ ނަގައި މި އެއްޗެހީގެ އަގުތައް އުފުލާލަމުންނެވެ.

ދުނިޔޭގެ އެކި ހިސާބުތަކުން އެއް ލައްކައަށް ވުރެ ގިނަ މީހުނަށް ކޮރޯނާ ވައިރަސް ޖެހި 3800 މީހުނަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!