ދަރަނި ރީސްޓްރަކްޗަރ ކުރަން ޗައިނާއިން އެއްބާރުލުމެއް ނުދޭ
ނާޒުކު ގައުމުތަކުގެ ދަރަނި ރީސްޓްރަކްޗާ ކުރުމާ ގުޅޭ ގޮތުން ޖީ-20 ބްލޮކާ އެކު އެއް ވިސްނުމަކަށް ދިއުމަށް ޗައިނާއިން މިހާތަނަށް ހިތްވަރު ދޭ ޖަވާބެއް ދީފައި ނުވާ ކަމަށް އެ ކަމާ ބެހޭ މައުލޫމާތު ހުރި މަސްދަރަކުން އާދީއްތަ ދުވަހު ބުނެފި އެވެ.
އަދި ޖީ-20 ގެ ގައުމުތަކުން ވެސް އެފަދަ ގައުމުތަކުގެ ދަރަނި ރީސްޓްރަކްޗާ ކުރުމަށް ވަން ސައިޒް ފިޓްސް އޯލް އުސޫލަކަށް ޝައުގުވެރިނުވާ ކަމަށް ނަން ނުޖެހުމަށް ޝަރުތުކޮށް އެ އޮފިޝަލް ވިދާޅުވި އެވެ.
ގްރޫޕް އޮފް 20 ގެ ބޮޑެތި އިގްތިސާދުތަކުގެ މާލީ ލީޑަރުން ކުރިއަށް އޮތް ދެ ދުވަހު އިންޑިއާގެ ގާންދީގަރްގައި ބައްދަލުކުރައްވައި، ފަގީރު ގައުމުތަކުގެ ދަރަނި އަނބުރާ ދެއްކުން ފަސްކުރުމަށް އެހީވުމުގެ ގޮތުން ކުރިއަށް ގެންދާ ޖީ20 އިނީޝިއޭޓިވްގެ ދަށުން ގައުމުތަކުގެ ދަރަނީގެ ހާލަތާ ބެހޭ ގޮތުން މަޝްވަރާ ކުރައްވަމުން ގެންދަވަ އެވެ.
މިދިޔަ މަހު ޒެމްބިއާ އިން ވަނީ ޗައިނާ ހިމެނޭ ގޮތަށް ބޭރުގައުމުތަކުގެ ސަރުކާރުތަކަށް ދައްކަން ޖެހޭ 6.3 ބިލިއަން ޑޮލަރުގެ ދަރަނި ރީސްޓްރަކްޗާ ކުރުމަށް އެއްބަސްވުމެއް ހަދާފަ އެވެ.މިދިޔަ މަހު ޒެމްބިއާ އިން ވަނީ ޗައިނާ ހިމެނޭ ގޮތަށް ބޭރުގައުމުތަކުގެ ސަރުކާރުތަކަށް ދައްކަން ޖެހޭ 6.3 ބިލިއަން ޑޮލަރުގެ ދަރަނި ރީސްޓްރަކްޗާ ކުރުމަށް އެއްބަސްވުމެއް ހަދާފަ އެވެ.މިދިޔަ މަހު ޒެމްބިއާ އިން ވަނީ ޗައިނާ ހިމެނޭ ގޮތަށް ބޭރުގައުމުތަކުގެ ސަރުކާރުތަކަށް ދައްކަން ޖެހޭ 6.3 ބިލިއަން ޑޮލަރުގެ ދަރަނި ރީސްޓްރަކްޗާ ކުރުމަށް އެއްބަސްވުމެއް ހަދާފަ އެވެ.