ދުނިޔެ

ކޮވިޑް19: ނުފެތުރޭ ހަމައެކަނި ބައްރަކީ އެންޓާޓިކާ

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް19 ނުވަތަ އާންމު ނަމުންނަމަ ކޮރޯނާ ވައިރަހަކީ 2019 އަހަރުގެ ޑިސެމްބަރ މަހުގެ ތެރޭގައި ޗައިނާއިން ފުރަތަމަ ފެނިގެންއައި ވައިރަހެކެވެ. މި ވައިރަސް މިހާރު ދުނިޔޭގެ އެކި ހިސާބުތަކުން އެއް ލައްކަ އަށް ވުރެ ގިނަ މީހުނަށް ޖެހިފައިވާއިރު މިހާރު ވައިރަސް ނުފެތުރޭ ހަމައެކަނި ބައްރަކީ އެންޓާޓިކާއެވެ.

Ads by Sosun Fihaara

ކޮރޯނާ ވައިރަހުން ރައްކާތެރިވެ ތިބުމަށް އެންޓާޓިކާގައި ތިބި ސައިންޓިސްޓުންވެސް ވަނި ގިނަ ފިޔަވަޅުތަކެއް އަޅާފައެެވެ. އެގޮތުން ވައިރަހުގެ ސަބަބުން ކެއުންބުއިމަށް ބޭނުންވާ ޒަރޫރީ ތަކެތި ނުލިބިއްޖެ ހާލަތަކަށްވެސް ތައްޔާރުވެފައިވާކަމަށް އެންޓާޓިކާގައި ހަރަކާތްތެރިވާ ސައިންޓިސްޓަކު ބުނެފައިވެއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި އެންޓަޓިކާއަށް ވައިރަސް ފެތުރިއްޖެނަމަ އޭގެ ނުރައްކާ ވަރަށް ބޮޑުވާނެއެވެ. އެއީ އެތާގައި ހުރިހާ މީހުން ކައި ބޮއެ ހަދަނީ އެއް ތަނެއްގައި ކަމަށްވެފައި ފިނިހޫނުމިންވެސް މައިނަސް 20ގައި އަބަދުމެ ހުންނާތީކަމުގައި ރިޕޯޓުތައް ބުނެއެވެ.

ކޮރޯނާ ވައިރަހުގެ 110276 ކޭސް މިހާތަނަށް ރެކޯޑު ކުރެވިފައިވާއިރު ތިން ހާހަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އަދި ބަލި ޖެހުނު 60 ހާހަށް ވުރެ ގިނަ މީހުން ވަނީ ބަލިން މުޅިން ފަސޭހަވެފައެވެ. ކޮރޯނާ ވައިރަހަށް އަދި ފަރުވާ އެއް ހޯދިފައި ނުވާއިރު ބަލިން ރައްކާތެރިވުމަށް އޮތް އެންމެ ފަސޭހަ އަދި ރައްކާތެރި ގޮތަކީ ސައިބޯނިލައިގެން ރަނގަޅަށް އަތްދޮވުމެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!