ޚަބަރު

ހިތަދޫ ގެއެއްގައި އަލިފާން ރޯވެ ފިރިހެނަކު ފިހިއްޖެ

އާއިޝަތު ޝައުނާ ، ދެން އޮންލައިން
ފޮޓޯ: އެމްއެންޑީއެފް

އައްޑޫސިޓީ ހިތަދޫ ގެއެއްގައި އަލިފާން ރޯވެ އެ ގޭގައި އުޅުނު ފިރިހެނެއްގެ އަތާއި ފައި ފިހިއްޖެއެވެ.

Ads by Sosun Fihaara

އެމްއެންޑީއެފުން މަޢުލޫމާތު ދެއްވު ގޮތުގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވަނީ އައްޑޫ ސިޓީ ހިތަދޫގެ "ކުޅިބަލާބޭ" ގޭގައެވެ. އަދި ރޯވި އަލިފާން، ސަދަން އޭރިއާ ކޮމާންޑް، ހިތަދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރމަނުން ހަރަކާތްތެރިވެ، ނިއްވާލާފައިވާކަމަށްވެސް އެމްއެންޑީއެފުން މައުލޫމާތު ދެއްވައިފައިވެއެވެ.

މި ހާދިސާގެ ރިޕޯޓު ހިތަދޫ ފަޔަރ ސްޓޭޝަނަށް ފަތިހު 04:10 ހާއިރު ލިބުމާއެކު އަލިފާންގަނޑު ނިއްވާލުމަށް ވަގުތުން ހަރަކާތްތެރިވާން ފެށިކަމަށާއި ރޯވެފައިހުރި އަލިފާން ނިއްވާލާފައި ވަނީ ފަތިހު 05:45 ހާއިރުކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.

މި ހާދިސާގައި އެ ގެއަށް ވަނީ އަލިފާނުގެ ސަބަބުން ބޮޑެތި ގެއްލުންތައް ލިބިފައެވެ. އަދި މި ހާދިސާ ހިނގި ވަގުތު އެ ގޭގައި އުޅުނު ފިރިހެނެއްގެ އަތާއި ފައި ފިހިފައިވީނަމަވެސް ސީރިއަސް އަނިޔާތަކެއް ލިބިފައިނުވާކަމަށް މަޢުލޫމާތުލިބެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!