ޚަބަރު

ސަރުކާރު މުވައްޒަފުން ގޭގައި މަސައްކަތް ކުރެވޭނެ ޕްލޭނެއް އެކުލާވަލަނީ

ދެން އެމްވީ ، ދެން އޮންލައިން

ކޮރޯނާ ވައިރަސްގެ ސަބަބުން ރާއްޖޭގެ ހާލަތު މިހާރަށްވުރެ ގޯސްވިޔަސް ސަރުކާރު ހުއްޓުމަކަށް ނައިސް މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތް ކުރެވޭނެ ގޮތެއް ކަނޑައެޅުމުގެ މަސައްކަތް ކޮމިއުނިކޭޝަން މިނިސްޓްރީން މިއަދު ފަށައިފިއެވެ.

Ads by STELCO

މިގޮތުން އެ މިނިސްޓްރީން އިސް ނަގައިގެން މިއަދު ވަނީ އެކި މިނިސްޓްރީތަކުގެ އިންފޮމޭޝަން ޓެކްނޮލޮޖީ (އައިޓީ) ޑިޕާޓްމެންޓުތަކުގެ އިސްވެރިންނާއި އެކު ބައްދަލުވުމެއް ބާއްވާފައެެވެ. އެ ބައްދަލުވުމުގައި ކޮމިއުނިކޭޝަން މިނިސްޓަރު މަލީހް ޖަމާލް ވިދާޅުވީ ކުއްލި ހާލަތުގައިވެސް މަސައްކަތް ކުރެވޭނެ ގޮތެއް ހަމަޖައްސަން ރައީސް ސޯލިހް އަންގަވާފައިވާ ކަމަށެވެ. އަދި އެކަމުގެ އަމަލީ މަސައްކަތް ފަށާފައިވާކަމަށް މަލީހް ވިދާޅުވިއެވެ.

މަލީހް ވިދާޅުވީ ގޮތުގައި އަދި، އެންސީއައިޓީއިން އަމަލުކުރާނެ ގޮތެއް ކަނޑައެޅިފައިނުވެއެވެ. އަދި މުސްތަޤްބަލުގައި މިނިސްޓްރީގެ ވިސްނުން ހުރީ ހުރިހާ އިދާރާއެއްގެ ބޭފުޅުން ވަޑައިގެން މުޅި ރާއްޖޭގައި ކޮމިއުނިކޭޝަން އެމަޖެންސީ ޕްލޭނެއް ތައްޔާރުކުރުން ކަމަށް މަލީހް ވިދާޅުވިއެވެ.

ކޮރޯނާ ވައިރަސް އާއި ގުޅިގެން ސަރުކާރުގެ އެކި އިދާރާތަކުން ތަފާތު ފިޔަވަޅުތައް އަޅަމުންދާއިރު މިހާތަނަށް ރާއްޖެއިން ހަ މީހަކު ވަނީ މި ވައިރަސްއަށް ޕޮޒިޓިވް ވެފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!