ޚަބަރު ލައިފްސްޓައިލް

މިއީ ބަރުދަން ލުއި ކުރަން އުޅޭއިރު، ކެއުން ރަނގަޅު މޭވާތައް

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ބަރުދަން ލުއި ކުރުމަށް، މޭވާ އެހީތެރި ވެދޭކަން އެނގޭ ހެއްޔެވެ؟ މި ލިޔުމުގައި މި ހިމަނައިލަނީ ބަރުދަން ލުއި ކުރަން އެދޭނަމަ، ކާން ޖެހޭ ބައެއް މޭވާއެވެ.

Ads by Hajj Corporation

މޭވާގެ އެކި ވައްތަރުތަކުގެ ތެރެއިން، ބެރީސްގައި ގިނަ އަދަދަކަށް ވިޓަމިން ސީއާއި ފައިބަރު ހިމެނޭއިރު، މިއީ އެންމެ މަދުން ހަކުރު ހުންނަ، ކެލޮރީސް މަދު އެއް މޭވާއެވެ. އެއް ޖޯޑު ސްޓޯބެރީގައި ހުންނާނީ އެންމެ 50 ކެލޮރީސްއެވެ. އަދި އެއް ޖޯޑު ބްލުބެރީސްގައި 80 ކެލޮރީސްވާއިރު، އެއް ޖޯޑު ރާސްޕްބެރީސްގައި ހުންނަނީ 65 ކެލޮރީސްއެވެ. އަދި އެއް ޖޯޑު ބްލެކްބެރީސްގައި ހުންނަނީ އެންމެ 60 ކެލޮރީސްއެވެ.

އެނގޭހެއްޔެވެ؟ ދޮންކެޔޮ ކެއުމުން ވަރަށް ފަލަވާކަމަށް ވޭތުވެދިޔަ އަހަރުތަކުގައި ޤަބޫލު ކުރެވިފައި އޮތްއިރު، ފަހުގެ ދިރާސާތައް ދައްކާ ގޮތުން ދޮންކޭލަކީ ވަރަށް ފައިދާހުރި މޭވާއެކެވެ. ޕޮޓޭސިއަމްއާއި ފައިބަރު ގިނަ އަދަދަކަށް އެކުލެވިގެންވުމުގެ އިތުރުން، ޚާއްސަ ސްޓާޗުގެ ބާވަތެއް ކަމަށްވާ "ރެސިސްޓެންޓް ސްޓާޗު" ވެސް ދޮންކޭލުގައި ހުރެއެވެ. ދިރާސާތަކުން ދައްކާ ގޮތުގައި އެ ސްޓާޗުއަކީ ހަށިގަނޑުގެ ސަރުބީތައް ވިރުވައިދީ ބަނޑުހައިވާ މިންވަރު ކުޑަކޮށްދޭ އެއްޗެކެވެ.

ދެން އޮތީ އާފަލެވެ. ދުވާލަކު އެއް އާފަލު ކާ މީހަކު ޑޮކްޓަރަށް ދާކަށް ނުޖެހޭނެއޭ ބުނަނީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. އާފަލަކީ ސިއްޙަތަށް އެންމެ ފައިދާހުރި އެއް މޭވާއެވެ. މެދު ސައިޒުގެ އާފަލެއްގައި ހުންނަނީ 100 އަށްވުރެވެސް މަދު ކެލޮރީސްއެވެ. އަދި ހަތަރު ގުރާމް ފައިބަރާއި، ރަނގަޅު މިންވަރަކަށް ވިޓަމިން ސީވެސް އޭގައި އެކުލެވިގެންވެއެވެ.

މޭބިސްކަދުރަކީ ވެސް ބަރުދަން ލުއި ކުރަން އެހީވާ އެއްޗެކެވެ.

އެއް ޖޯޑު މޭބިސްކަދުރުގައި ހުންނަނީ ގާތްގަނޑަކަށް 100 ކެލޮރީސްއެވެ. ވިޓަމިން ސީއިން މުއްސަނދި މި މޭވާގައި ފައިބަރު އެހާ ގިނައެއް ނޫނެވެ. ފެހި މޭބިސްކަދުރާއި ރަތް މޭބިސްކަދުރުގެ ތެރެއިން އަބަދުވެސް ރަތް މޭބިސްކަދުރު އިޚްތިޔާރު ކުރާށެވެ. ރަތް މޭބިސްކަދުރުގައި ފެހި މޭބިސްކަދުރަށްވުރެ ގިނަ އެންޓިއޮކްސިޑެންޓްސްއާއި ނިއުޓްރިއެންޓްސް ހުރެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!