ހަފީޒު ގައިގައި ސައިކަލުން ޖެއްސި ކަމަށް ތުހުމަތު ކުރެވޭ މީހާ ބަންދުން ދޫކޮށްލައިފި
މިދިޔަ ޖޫން މަހުގެ 28 ވަނަ ދުވަހުގެ ފަތިހު، ވެރިރަށް މާލޭގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީގެ ސީނިއަރ ލެކްޗަރާ އަލީ ހަފީޒް ގައިގައި ސައިކަލުން ޖެއްސި ކަމަށް ތުހުމަތުކުރެވޭ މީހާ ބަންދުން ދޫކޮށްލުމަށް ކުރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.
އެކްސިޑެންޓާއި ގުޅިގެން ހައްޔަރުކޮށްފައި ވަނީ ރ. އިނގުރައިދޫ، ލެގޫން ވިއު، އުމުރުން 22 އަހަރުގެ ޝަމްއާނެވެ. އޭނާ ހައްޔަރު ކުރީ މިދިޔަ މަހުގެ ތިން ވަނަ ދުވަހުއެވެ.
އޭނާގެ ބަންދާ މެދު ފުރަތަމަ ފަހަރު ގޮތެއް ނިންމުމަށް މިދިޔަ މަހުގެ 4 ވަނަ ދުވަހު ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ ބަންދަށް 15 ދުވަސް ޖަހައިފައެވެ.
އެ މުއްދަތު ހަމަވާތީ ދެ ވަނަ ފަހަރަށް ކޯޓަށް ހާޒިރު ކުރީ މިދިޔަ މަހުގެ 20 ވަނަ ދުވަހުއެވެ. އެފަހަރު އޭނާގެ ބަންދަށް ވަނީ އިތުރު 15 ދުވަސް ޖަހައިފައެވެ. ދއް ވަނަ ފަހަރަށް ޖެހި ބަންދުގެ މުއްދަތު ހަމަވާތީ ފުލުހުން މިއަދު ވަނީ އަލުން އޭނާ ކޯޓަށް ހާޒިރުކޮށްފައެވެ.
އޭނާ ކޯޓަށް ހާޒިރުކޮށް ފުލުހުން ވަނީ ޝަރުތުތަކަކާއެކު ބަންދުން ދޫކޮށްލުމަށް އެދިފައެވެ.
ފުލުހުން އެދުނު ގޮތަށް ކޯޓުން ވަނީ ޝަމްއާން ބަންދުން ދޫކޮށްލައިފައެވެ.
އެކްސިޑެންޓުގެ މައްސަލާގައި ހައްޔަރުކުރީ ޝަމްއާން އަތުގައި ސައިކަލް ދުއްވުމުގެ ލައިސަންސް ނޯންނާތީ ކަމަށާއި އޭނާ ސައިކަލް ދުއްވާފައި ވަނީ ބާރު ސްޕީޑުގައި ކަމަށް އެ މައްސަލަ ތަހުގީގު ކުރަމުންދާ އިންވެސްޓިގޭޝަން އޮފިސަރު ކޯޓުގައި ވަނީ ވިދާޅުވެފައެވެ.
ހަފީޒަށް ސީރިއަސް އަނިޔާތަކެއް ލިބި އޭނާއަށް ފުރަތަމަ ފަރުވާ ދީފައި ވަނީ ވެންޓިލޭޓަރުގައެވެ. އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު އިތުރު ފަރުވާއަށް އިންޑިއާގެ ކޮޗިންއަށް އޭނާ ފުރުވާލާފައި ވަނީ މިދިޔަ މަހުގެ މަހުގެ ހަތަރު ވަނަ ދުވަހުއެވެ.
ތިއިއްޔޭ މައްސަލައަކީ ލައިސަންސް ނެތި ދުއްވާ ސައިކަލުން ޖައްސާ މީހަކު މަރާލުންވެސް އެނުވޭ މައްސަލއަކަށް ރިހާކުރު ފުޅިއެއްވަގައްނަގާ މީހާ އަށް ހުކުންޖެހޭ މީ ކޮންކަހަލަ ސަރީ ޢަތްތަކެއް ހިގާތަނެއްތަ