ޚަބަރު

ދަނގެތީ ބޭސް ފިހާރަ ފަޅާލައި ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގައިފި

ދެން އެމްވީ ، ދެން އޮންލައިން

އދ. ދަނގެތީ ގައި ހުންނަ އެސްޓީއޯ ބޭސްފިހާރައިގެ ބިއްލޫރިގަނޑު ތަޅާލައި އެތަނުން ވައްކަންކޮށްފިއެވެ.

Ads by MWSC

ފުލުހުން ބުނީ ދަނގެތީ ބޭސްފިހާރަ ފަޅާލައި ވައްކަން ކުރި މައްސަލަ ހުށަހެޅީ މިއަދުގެ ހެނދުނުގެ ވަގުތެއްގައި ކަމަށާއި އެ މައްސަލަ ބެލި އިރު އެ ފިހާރައިން 15،000 އަށްވުރެ ގިނަ ދިވެހި ރުފިޔާ ވަގަށް ނަގާފައިވާ ކަމަށެވެ.

އެ މައްސަލައާއި ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހަތްޔަރުކޮށްފައި ނުވާ ކަމަށާއި އެހެން ނަމަވެސް މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ދާކަމަށް ފުލުހުން މައުލޫމާތުދެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!