ޚަބަރު

ލޮޓަސްއިން ވިޔަފާރިވެރިންނަށް ސައިބޯނި ގަނޑުކޮށް ނުވިއްކައި، އާއްމުންނަށް ވަކި ފުޅި ވިއްކަނީ

ދެން އެމްވީ ، ދެން އޮންލައިން

"އެންޓަބެކްސް" ހޭންޑުވޮޝް ގަނޑުކޮށް ވިޔަފާރިވެރިންނަށް ނުވިއްކާނެ ކަމަށާއި އާއްމުންނަށް ވަކިން ހޭންޑްވޮޝް ފުޅި ވިއްކާނެ ކަމަށް ލޮޓަސް އިން ބުންނެފިއެވެ.

Ads by Sosun Fihaara

ލޮޓަސް ފިހާރައިން މިއަދު ބުނީ ރާއްޖެއިން ބޭރުން މުދަލުގެ އަގުބޮޑު ނުވާހާ ހިނދަކު ލޮޓަސް ފިހާރައިން ގެންނަ އެއްވެސް މުދަލެއް އަގު ބޮޑު ނުކުރާނެ ކަމަށެވެ.

އާއްމުންނަށް ވަކި ހޭންޑްވޮޝް ވިއްކާނީ ފަރީދީ މަގުގައި އިންނަ ލޮޓަސް ފިހާރައިންނެވެ.

ރާއްޖެއިން ކޮވިޑް-19 ގެ ހަ ކޭސް ފެނިފައިވާއިރު، ހޭންޑްވޮޝް އަދި ސެނިޓައިޒާ ފަދަ ތަކެތި ގިނަ އަދަދަކަށް އާންމުން އަންނަނީ ގަންނަމުންނެވެ. ނަމަވެސް މި ދަނޑިވަޅުގެ ފައިދާ ބައެއް ވިޔަފާރިވެރިން އަންނަނީ ނަގަމުންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!