ރައީސްގެ ކެމްޕޭން ދަތުރުފުޅުތަކުގައި މިހައިތަނަށް ށ. އަތޮޅުގެ ބައެއް ރަށްތަކަށް ވަޑައިގެންފައިވާއިރު ކ. އަތޮޅާއި ވ. އަތޮޅުގެ ބައެއް ރަށްތަކަށް ވެސް ވަނީ ވަޑައިގަންނަވައިފައެވެ. އަދި ހއ. ގެ ބައެއް ރަށްތަކަށް ވަޑައިގެންފައިވާއިރު ފުވައްމުލަކަށް ވަޑައިގެންފައިވެއެވެ. މީގެއިތުރުން ހދ. މ. ގދ އަދި ގއ ގެ ބައެއް ރަށްތަކަށް ވެސް ރައީސް ވަޑައިގެންނެވިއެވެ.
މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު ބާއްވާ ިރިޔާސީ އިންތިޚާބުގެ ކެމްޕެއިނަށް ރައީީސް އިބްރާހީމް މުޙައްމަދު ޞާލިޙު ނ. އަތޮޅަށް މިއަދު ވަޑައިގަންނަވައިފިއެވެ.
ނ.އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި، ރައީސް ޞާލިޙުގެ އެންމެ ފުރަތަމަ މަންޒިލަކީ އެ އަތޮޅު މާފަރެވެ. މި ދަތުރުފުޅުގައި 13 ރަށަކަށް ވަޑައިގަންނަވާނެއެވެ.
ރައީސްގެ މި ދަތުރުފުޅުގެ ތެރެއިން އެކި ރަށްރަށުގެ މަޝްރޫޢުތައް އިފްތިތާހު ކޮށްދެއްވަވައި، ބައްދަލުވުން ބާއްވަވާނެއެވެ.

Ads by Allied Insurance