ޚަބަރު

ކުރަމަތި ރިސޯޓުން ކޮވިޑް-19 އަށް ޝައްކު ކުރެވޭ މީހަކު އެކަހެރިކޮށްފި، ރަށް ލޮކްޑައުން އަށް

ދެން އެމްވީ ، ދެން އޮންލައިން

އއ. އަތޮޅުގައި ހިންގާ ކުރަމަތި އައިލެންޑް ރިސޯޓުގައި ހުރި ބިދޭސީ އެއްގެ ފަރާތުން ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ފެނުމުން، އޭނާ އެކަހެރިކޮށްފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން ބުނީ ޝައްކު ކުރެވޭ މީހާ މިހާރި އައިސޮލޭޝަން ފެސިލިޓީއަށް ބަދަލުކޮށް ޓެސްޓު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

މިއާއެކު އެ ރިސޯޓަށް އަރާ ފޭބުން ވަގުތީގޮތުން ހުއްޓާލެވިފައިވާ ކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!