ޚަބަރު

އެސްޓީއޯއިން ސިއްހީ ދާއިރާއަށް ލައިފް ސަޕޯޓް އެންޑް މޮނިޓަރިންގް ވަސީލަތްތަށް ތައާރަފްކުރަނީ

ރައުފާ ރަޝީދު ، ދެން އޮންލައިން

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން، އެސްޓީއޯއިން، ސިއްހީދާއިރާގެ ޓެކްނޮލޮޖީގައި ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ނިހޯން ކޯޑެން އާއި ގުޅިގެން ރާއްޖޭގެ ސިއްހީދާއިރާއަށް އެ ބްރޭންޑްގެ ލައިފް ސަޕޯޓް އެންޑް މޮނިޓަރިންގް ވަސީލަތްތަށް ތައާރަފްކުރަން ނިންމައިފިއެވެ.

Ads by Hajj Corporation

ކްރޮސް ރޯޑްސްގައި އާދީއްތަ ދުވަހު ބާއްވަން ހަމަޖެހިފައިވާ މި ރަސްމިއްޔާތުގައި ޖަޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ތަކެއުޗީ މިދޯރީ، މިނިސްޓްރީ އޮފް ހެލްތްގެ ސްޓޭޓް މިނިސްޓަރ އަލްފާޟިލް އަޙްމަދު އާދިލް، އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ސައީދު އަދި، ނީހޮން ކޯޑެން ސިންގަޕޫރުގެ މެނޭޖިންގ ޑިރެކްޓަރ ހިރޮޓްސޫނީ ކޮބަޔާޝީ ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

މި ވަސީލަތްތަކަކީ އިމަރޖެންސީ ރޫމާއި އޮޕަރޭޝަން ތިއޭޓަރު އަދި އައިސީޔޫ ތަކުގެ އިތުރުން ހޮސްޕިޓްލަގެ ކޮންމެ ޑިޕާރޓްމެންޓެއްގައިވެސް ބޭނުންކުރެވޭނެ އިކުއިޕްމެންޓްތަކެކެވެ.

ރާއްޖެއަށް އަލަށް ތައާރަފް ކުރުމަށް ހަމަޖެހިފައިވާ މި ވަސީލަތްތަކަށް އަހުލުވެރިކުރުމުގެގޮތުން އެސްޓީއޯއިން ވަނީ ނަރުހުންނާއި ޑޮކްޓަރުންނަށް  ހާއްސަ ތަމްރީނު ޕްރޮގްރާމެއް އޯގަސްޓް  މަހުގެ 14 ން 16 އަށް ކުރިޔަށް ގެންދިއުމަށް ނިންމާފައެވެ.

މި ތަމްރީނުގެ ތެރެއިން މި ލައިފް ސަޕޯޓް އެންޑް މޮނިޓަރިންގް ވަސީލަތްތަކުގެފީޗަރސްތަކާއި، އެކި ބޭނުންތަކުގެ އިތުރުން އެކި ހާލަތްތަކުގައިވާ ބަލިމީހުންނަށް މި ވަސީލަތްތަށް ބޭނުންކުރާނެ ގޮތް ދަސްވެގެންދާނެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!