ދުނިޔެ

ވައިރަސްއަށް ޓެސްޓުކުރަން އޮސްޓްރޭލިއާގައި ކިޔު ހަދާލައިފި

ދެން އެމްވީ ، ދެން އޮންލައިން

ކޮރޯނާ ވައިރަހަށް ޓެސްޓުކުރުމަށް އޮސްޓްރޭލިއާގެ މަގުތަކުގައި މީހުން ކިޔު ހަދާލައިފިއެވެ. އޮސްޓްރޭލިޔާގެ ގިނަ ހޮސްޕިޓަލުތަކެއްގެ ބޭރުގައި މިފަދައިން މީހުން ކިޔު ހަދާފައިވެއެވެ.

Ads by Sosun Fihaara

ކިޔު ހަދާފައިވާ މީހުން ތިބީ މާސްކު އަޅައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ވެސް އަޅައިގެންނެވެ. އަދި ގެއިން ޕްލާސްޓިކް ގޮނޑި ފަދަ ތަކެތި ހިފައިގެން ވެސް ގިނަ ބަޔަކު ގޮސްފައިވެއެވެ. ވައިރަސް ފެތުރިދާނެ ކަމުގެބިރަށް ބައެއް ހޮސްޕިޓަލުގެ ބޭރުގައި ކިޔުގައި މީހުން ބައިތިއްބާފައި ތިބީ އެއް މީޓަރު ދުރުގައެވެ.

އޮސްޓްރޭލިއާގައި މިހާތަނަށް 182ކޭސް ޕޮސިޓިވް ވެފައިވާއިރު އެގައުމުގައި ވައިރަސް ފެތުރިދާނެކަމުގެ ބިރު ވަރަށް ބޮޑެވެ. އަދި އެ ގައުމުގެ ސަރުކާރުން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ.

ދުނިޔޭގެ އެކި ހިސާބުތަކުން 119217 މިހާތަނަށް ކޭސް ރިޕޯޓުކުރެވިފައިވާއިރު ބަލި ޖެހުނު 66561 މީހުން ވަނީ ރަނގަޅުވެފައެވެ. ވައިރަސް ޖެހިގެން 4299 މީހުން މަރުވެފައިވާއިރު އޭގެ ގިނަ އިންސައްތަ ހިއްސާކުރަނީ އުމުރުން ދުވަސްވީ މީހުންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!