ޚަބަރު

ފުލުހުންގެ ބަންދުގައި ހުރި މީހަކު މަރުވެއްޖެ

. ، ދެން އޮންލައިން
ފުލުހުންގެ ވެހިކަލްތަކެއް/ ފޮޓޯ: ދެން

ފުލުހުންގެ ބަންދުގައި ހުރި މީހަކު މަރުވެއްޖެ އެވެ.

Ads by MPL

ފުލުހުބް މިއަސު ބުނީ އަތޮޅުވެހީގެ 07 ނަންބަރު ގޮޅީގައި ބަންދުގައި ހުރި ގ. ޒާމިއާ / މާލެ، އަހްމަދު އަފްރާހް (48އ) ގެ ރޭ ފަތިހު 05:50 އެހައިކަންހާއިރު ބެލިއިރު ހަރަކާތް ހުއްޓިފައިވާކަމަށް ފާހަގަ ކުރެވުމާ ގުޅިގެން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.

އަފްރާޙް ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަފްރާހް ހައްޔަރު ކޮށްފައި ވަނީ ހުކުރު ދުވަހު އެވެ.

އެ މައްސަލަ ދިވެހި ފުލުހުންގެ ހިދުމަތުގެ މޭޖާ ކްރައިމް އިންވެސްޓިގޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.

ހާދިސާގެ މައުލޫމާތު ހިއުމަށް ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އަދި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އަށް މިހާރު ވަނީ ހިއްސާކޮށްފަ އެވެ.

އަދި މި ހާދިސާއާ ގުޅިގެން ކަން ހިނގާފައިވާގޮތުގެ އެތެރޭގެ ތަހުގީގެއް ޕްރޮފެޝަނަލް ސްޓޭންޑަރޑްސް ކޮމާންޑުން ދަނީ ކުރިއަށް ގެންދަމުންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!