ޚަބަރު

ޑިސްއިންފެކްޓު ކުރުމަށް މާގިރި ހޮޓެލް ބަންދުކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19 އަށް އެންމެ ފުރަތަމަ ޕޮޒިޓިވްވި އިޓަލީ ފަތުރުވެރިޔާ މަޑުކޮށްގެން ހުރި މާގިރި ހޮޓެލް ޑިސްއިންފެކްޓު ކުރުމަށް، އެތަން ވަގުތީގޮތުން ބަންދުކޮށްފި އެވެ.

Ads by MWSC

މާގިރި ހޮޓަލުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ހޮޓަލުގެ އޮޕަރޭޝަންތައް މިއަދުން ފެށިގެން ވަގުތީގޮތުން މެދުކަނޑާލަން ނިންމާފައިވާ ކަމަށެވެ.

އެއީ ހޮޓަލުގެ މުވައްޒަފުންނާއި ގެސްޓުންނާއި ކަސްޓަމަރުންގެ ސަލާމަތަށްޓަކައި އަޅާ ފިޔަވަޅެއް ކަމަށާއި ކޮވިޑް-19 ގެ އިންކިއުބޭޝަން ޕީރިއަޑަށްފަހު މުޅި ހޮޓަލުގެ ހުރިހާތަނެއް ޑިސްއިންފެކްޓު ކުރުމަށްފަހު، މި މަހުގެ 16 ވާ ހޯމަ ދުވަހު ހޮޓެލްގެ ހުރިހާ އޮޕަރޭޝަންތައް އަލުން ފަށާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

މާގިރި ހޮޓަލުން ވަނީ އެތަން ވަގުތީގޮތުން ބަންދުކުރުމުގެ ސަބަބުން ގެސްޓުންނާއި ކަސްޓަމަރުންނަށް ދިމާވެދާނެ އެންމެހައި ދަތިތަކަށް މައާފަށް އެދިފަ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!