Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ދުނިޔެ

ވައިރަހާއެކު ސަލާމް ކުރާ ގޮތް ބަދަލުކޮށްފި

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަހުގެ ބިރުވެރިކަން ވަނީ އިންތިހާއަށް ބޮޑުވެފައެވެ. ވައިރަހަށް އަދި ފަރުވާއެއް ހޯދިފައިނުވާއިރު ވައިރަހުން ރައްކާތެރިވުމަށް ކުރެވެން އޮތް އެންމެ ރައްކާތެރިކަމަކީ ސައިބޯނިލައިގެން އަތް ދޮވުމެވެ. ވައިރަސް ހުރި ތަނެއްގައި އަތް ލެވުމުން ވެސް ވައިރަސް ފެތުރޭތީއެވެ.

މިފަދަ ސަބަބުތަކާއި ހެދި ޔޫރަޕުގެ ސިއްހަތާއި ބެހޭ އިސް ފަރާތްތަކުން ބޭއްވި ބައްދަލުވުމުގައި މިވަނީ އާ ގޮތަކަށް ސަލާން ކުރަން ފަށާފައެވެ. ކުރިން އަތް ތިލަ ބޭނުން ކޮށްގެން ކުރި ސަލާން މިހާރު ކުރަނީ ދެ މީހުންގެ ދެ އުޅަނބޮށި ކައިރިކޮށްލައި އަތް ތިލަ މެއާއި ގާތް ކޮށްލައިގެންނެވެ. އޮފިޝަލުން ބުނާ ގޮތުގައި މިއީ ކޮރޯނާ ވައިރަހުން ރައްްކާތެރިވެ ތިބުމަށް އެޅި ފިޔަވަޅެކެވެ.

ބުރަސެލްސް ގައި ބޭއްވި މި ކުއްލި ބައްދަލުވުމުގައި ޔޫރަޕުގެ ގިނަ ގައުމުތަކުގެ ސިއްހަތާއި ބެހޭ މިނިސްޓަރުން ބައިވެރިވިއެވެ. އެގޮތުން ކްރޮއޭޝިއާ، ސްލޮވޭނިއާ އަދި ހަންގޭރީގެ މިނިސްޓަރުން ހިމެނެއެވެ. މި ބައްދަލުވުމަކީ ޔޫރަޕުގައި ކޮރޯނާ ވައިރަސް ފެތުރެމުން އަންނާތީ އެކަމާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް ވަރުގަދަކުރުމަށް ،މަޝްވަރާ ކުރުމަށް ބޭއްވި ކުއްލި ބައްދަލުވުމެކެވެ.

Advertisement
Ooredoo — Truecaller (box)

ޔޫރަޕުގެ އެކި ގައުމުތަކުން ކޮރޯނާ ވައިރަހުގެ 6000 ވުރެ ގިނަ ކޭސް ފެނިފައިވާއިރު 160 އަށް ވުރެ ގިނަ މީހުންވަނީ މަރުވެފައެވެ.

ދުނިޔޭގެ އެކި ހިސާބުތަކުން މިހާތަނަށް 114544 ކޭސް ރިޕޯޓުކުރެވިފައިވާއިރު ބަލި ޖެހުނު 64031 މީހުން ވަނީ ރަނގަޅުވެފައެވެ. ވައިރަސް ޖެހިގެން 4026 މީހުން ވަނި މަރުވެފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް