ޚަބަރު

ވޯޓުލާ މީހުންގެ ފައިނަލް ލިސްޓު މިއަދު އާންމު ކުރާނެ

ފަތޯނާ ފާއިޒު ، ދެން އޮންލައިން

މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓު، މިއަދު ސަރުކާރުގެ ގެޒެޓްގައާއި އަދި އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓުގައި އާންމުކުރާނެ ކަމަށް އެ ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި 282،755 މީހުންނަށް ވޯޓުލުމުގެ ޙައްޤު ލިބިފައިވެއެވެ.

އީސީގެ ނައިބު ރައީސް އިސްމާޢީލް ޙަބީބު ވިދާޅުވީ، މި ފައިނަލް ލިސްޓަކީ އީސީގެ ވެބްސައިޓުގައި ދުވަހުން ދުވަހަށް އާންމުކުރަމުން ސިޔާސީ ޕާޓީތަކާ ލިސްޓު ހިއްސާކޮށް، ޝަކުވާއަށް ހުޅުވައި، ޝަކުވާގެ މުއްދަތުގައި ލިބުނު ޝަކުވާތަކަށްވެސް ރިއާޔަތް ކުރުމަށްފަހު ފައިނަލްކުރެވިފައިވާ އެންމެ ފަހުގެ ލިސްޓުކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓަކުން އަމުރު ކުރައްވައިގެން ނޫންގޮތަކަށް، ވޯޓުލާ މީހުންގެ ފައިނަލް ލިސްޓަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ.

މި އަހަރުގެ ރިޔާސީ އިންތިޚާބަށް މިހާރު އޮތީ 20 ދުވަހެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!