ދުނިޔެ

ވައިރަހާއެކު އޭޝިއާގެ އެންމެ މުއްސަނދި މީހާގެ މަގާމަށް ބަދަލެއް

ދެން އެމްވީ ، ދެން އޮންލައިން

އިންޑިއާގެ އެންމެ މުއްސަނދި މީހާ މުކޭޝް އަންބާނީ ގެ އަތުން އޭޝިއާގެ އެންމެ މުއްސަނދި މީހާގެ މަގާމު ގެއްލިއްޖެއެވެ.

Ads by Sosun Fihaara

ބުލޫމްބާރގް ބިލިއަނާސް އިންޑެކްސް އިން ދައްކާ ގޮތުގައި އަންބާނީ ފަހަތަށް ޖައްސާލުމަށް ފަހު އަލިބާބާ ގެ ވެރިޔާ މާ ވަނީ އެނބުރި އެއް ވަނައަށް ޖެހިލާފައެވެ. 2018 ވަނަ އަހަރުގެ މެދާއި ހަމައަށް ވެސް އޭޝިއާގެ އެންމެ މުއްސަނދި މީހާގެ ލަގަބު އޮތީ މާގެ އަތުގައެވެ.

އަންބާނީއަށް މި ލަގަބު ގެއްލިފައިވަނީ ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާ ވައިރަހުގެ ސަބަބުން ސާފުނުކުރާ ތެޔޮގެ އަގު ވެއްޓުމާއެކީ ސްޓޮކް މާކެޓުގެ އަގު ވެއްޓުމުންނެވެ. މި ވެއްޓުމާއެކު އަންބާނީ އަށް 5.8 ބިލިއަން ގެ ޑޮލަރުގެ ގެއްލުން ލިބިފައިވެއެވެ.

ކޮރޯނާ ވައިރަހުގެ ސަބަބުުން އަލިބާބާއަށް ގެއްލުން ވި ނަމަވެސް ކްލައުޑް ކޮމްޕިއުޓިން އާއި މޯބައިލް އެޕްތަކަށް އޮތް ޑިމާންޑު ބޮޑުވެ އެ ގެއްލުން ވަނީ ފޫބައްދާފައެވެ.

ކޮރޮނާ ވައިރަހުގެ ނުރައްކާތެރިކަން ބޮޑުވެފައިވާއިރު ދުނިޔޭގެ ސްޓޮކް މާކެޓަށްވެސް ދަނީ ބޮޑެތި ބަދަލުތައް އަންނަމުންނެވެ.

ދުނިޔޭގެ އެކި ހިސާބުތަކުން މިހާތަނަށް 114544 ކޭސް ރިޕޯޓުކުރެވިފައިވާއިރު ބަލި ޖެހުނު 64031 މީހުން ވަނީ ރަނގަޅުވެފައެވެ. ވައިރަސް ޖެހިގެން 4026 މީހުން މަރުވެފައިވާއިރު އޭގެ ގިނަ އިންސައްތަ ހިއްސާކުރަނީ އުމުރުން ދުވަސްވީ މީހުންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!