ޚަބަރު

ރީތިރަށް ރިސޯޓުން ކޮވިޑް-19ގެ އަލާމާތްތައް ފެނުނީ ކުޑަ ކުއްޖެއްގެ ގައިން

ދެން އެމްވީ ، ދެން އޮންލައިން

ވަން އެންޑް އޮންލީ ރީތިރަށް ރިސޯޓުން ކޮރޯނާ ވައިރަހުގެ އަލާމާތްތައް ފެނިގެން ކަރަންޓީނު ކޮށްފައިވަނީ ކުޑަ ކުއްޖެއްކަމަށް ސަރުކާރުން ހާމަކޮށްފި އެވެ.

Ads by STELCO

ކޮވިޑް-19 އަށް ސަރުކާރުން ހާއްސަކުރައްވާފައިވާ ތަރުޖަމާނު މަބްރޫކް އަބްދުލްއަޒީޒް މިރޭ ވިދާޅުވީ އެ ކުއްޖާގެ ފަރާތުން އަލާމާތްތައް ފެނިފައިވާތީ ޓެސްޓު ހެދުމަށް މިހާރު ވަނީ ސާމްޕަލް ނަގާފައި ކަމަށާއި އޭގެ ނަތީޖާ އަދި ނުލިބޭ ކަމަށެވެ.

ކޮވިޑް-19 އަށް ރާއްޖެ އިން ހަ މީހަކު މިހާތަނަށް ވަނީ ޕޮޒިޓިވް ވެފަ އެވެ. އޭގެ ތެރެއިން ހަތަރު މީހުންނަކީ ކުރެއްދޫ އައިލެންޑް ރިސޯޓުގައި ޗުއްޓީ ހޭދަކުރި އިޓަލީ ފަތުރުވެރިއެއްގެ ފަރާތުން ވައިރަސް ޖެހުނު މީހުނެވެ. އަނެއް ދެ ބިދޭސީންނަކީ ބަތަލާ އައިލެންޑް ރިސޯޓުގައި ތިބި ބައެކެވެ. ރާއްޖެއިން މި ބަލި ފެނުމުން، ރާއްޖޭގެ އެލާޓް ލެވަލް ވަނީ ވައިޓް އެލާޓުން ރީނދޫ އެލާޓަށް މަތިކޮށްފަ އެވެ.

ވައިރަސް ފެނުމާއި ޝައްކު ކުރެވޭ އަލާމާތްތައް ފެނިގެން ފަސް ރިސޯޓެއް މިހާރު ވަނީ އަރާ ފޭބުން މަނާ ކޮށްފައެވެ. އެއީ ވަން އެންޑް އޮންލީ ރީތި ރަށާއި، ބަތަލާގެ އިތުރުން ކުރެއްދޫ ރިސޯޓުވެސް ހިމެނެއެވެ. އޭގެ އިތުރުން، އއ. ކުރަމަތި ރިސޯޓްގައި ހުރި ބިދޭސީއަކާއި ވިލިމަންދޫ ރިސޯޓުގައި ހުރި ދިވެހި މުވައްޒަފެއްގެ ފަރާތުން އަލާމާތްތައް ފެނިފައިވާތީ އެ ދެ ރިސޯޓަށް އަރާ ފޭބުންވެސް ވަނީ ވަގުތީގޮތުން މަނާ ކޮށްފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!