ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވްވެފައިވާ ދުވަސްވީ ބިދޭސީއަކު އިތުރަށް މޮނީޓާ ކުރަން ޖެހޭތީ ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލު ކުރުމަށް ނިންމައިފި އެވެ.
ކޮވިޑް-19 އަށް ސަރުކާރުން ހާއްސަކުރައްވާފައިވާ ތަރުޖަމާނު މަބްރޫކް އަބްދުލްއަޒީޒް މިރޭ ވިދާޅުވީ ދަރުވަމަންތަ ހޮސްޕިޓަލަށް ބަދަލު ކުރަން ނިންމާފައިވަނީ ބަތަލާ ރިސޯޓްގައި ޗުއްޓީ ހޭދަ ކުރަމުން ދަނިކޮށް ކޮރޯނާއަށް ޕޮޒިޓިވްވި ދެމަފިރިންގެ ތެރެއިން ފަރުކޮޅުފުށީގައި ފަރުވާދެމުންދިޔަ 70 އަހަރުގެ ފިރިހެން މީހާ ކަމަށެވެ.
އެ ފިރިހެން މީހާއާ އެކު އޭނާގެ އަންހެނުން ވެސް ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލު ކުރާނެ ކަމަށާއި، އެ މީހުން ތިބޭނީ ދަރުމަވަންތަ ހޮސްޕިޓަލްގެ ޑީއެޗް11 ފެސިލިޓީގައި ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ. އަންހެން މީހާ ގެންދަނީ އެއްވެސް އަލާމާތެއް ފެނިގެން ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.







ކޮމެންޓް