ޚަބަރު

އިދިކޮޅުން ބޭނުން ވަނީ މިހާރު ވެސް އޮތް ތާރީހުގައި އިންތިހާބު ބާއްވަން: އަދުރޭ

ދެން އެމްވީ ، ދެން އޮންލައިން

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބޭނުން ވަނީ މިހާރު ވެސް އޮތް ތާރީހުގައި ލޯކަލް ކައުންސިލް އިންތިހާބު ބާއްވަން ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

މިރޭ ޕީޕީއެމް އޮފީހުގައި އޮތް ޖަލްސާގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ އިންތިހާބު ފަސް ކުރުމަކީ ސިޔާސީ ކަމެއް ކަމަށާއި އެއީ ކޮރޯނާ ވައިރަހާ ގުޅުންހުރި ކަމެއް ނޫން ކަމަށެވެ.

އަދުރޭ ވަނީ ރާއްޖޭގެ މާހައުލަށް ބަލާފަ ރަށް ރަށަށް ގޮސް ކެމްޕެއިނަށް ނިކުންނަން ޖެހިއްޖެނަމަ ނިކުންނާނެ ކަމުގެ ޔަގީންކަން ސަޕޯޓަރުންނަށް އަރުވާފައެވެ.

"ދަތުރު ކުރަން ޖެހިއްޖިއްޔާ އަޅުގަނޑުމެން ދަތުރުވެސް ކުރާނަން. އިންތިހާބު މިހާރު ކަނޑައެޅިފައި އޮތް ތާރީހުގައި ބޭއްވުން އެއީ އަޅުގަނޑުމެން އެދޭ ގޮތް. އަޅުގަނޑުމެން ތާއީދެއް ނުކުރަން އަދި މިހާރުން މިހާރަށް އިންތިހާބު ފަސްކުރާކަށެއް. އިންތިހާބު ފަސްކުރުމަށް ބަޔަކު އެ މަސައްކަތް ކުރަނީ، މި ރާއްޖޭގެ މާހައުލު މިހާރު އޮތް ގޮތުން ކުރި މަސައްކަތުގެ ނަތީޖާ އެ ބޭފުޅުންނަށް އެނގޭތީ ބޮޑުތަނުން މި އިންތިހާބުގައި އެ މީހުން ބަލިވާނެކަމަށް ގަބޫލު ކުރެވޭ" ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ ޕީޕީއެމްގެ ކެންޑިޑޭޓުން އިންތިހާބު ކޮށްދިނުމަށްޓަކައި އެ ޕާޓީން ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރަމުން ގެންދާނެ ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!